ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު: ޑިރެކްޓަރ، ޕްރޮޖެކްޓްސް

ޑިޕާރޓްމަންޓް: ޕްރޮޖެކްޓްސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ: ސިވިލް އިނިއަރިންއ އިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކި ކޮންސްޓްރަކްޝަން މެނޭޖްމަންޓް އިސްފަންތީގައި މަދުވެގެން 8 އަހަރު ދުވަހުގެ ޢަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ކޮންސްޓްރަކްޝަން މެނޭޖްމަންޓް ދާއިރާގައި މަދުވެގެން 12 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • އާކިޓެކްޗަރަލް އަދި ސްޓްރަކްޗަރަލް ޑްރޯވިންގސްތަކާއި ސްޕެސިފިކޭޝަންތައް ދިމާވޭތޯބަލައި ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
 • ސްޓްރަކްޗަރަލް ޑިޒައިން އަދި ޕްރޮޖެކްޓް ޑްރާފިންގ ގެ މަސައްކަތްތައް ބެލެހެއްޓުން
 • ކަނޑައެޅިފައިވާ ތާރީޚުތަކަށް ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ނިންމުމަށް، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާ ބެލެހެއްޓުން
 • ޕްރޮޖެކްޓް ތަކަށް ބޭނުންވާ ބަޖެޓާއި ކޯސްޓް ޓްރެކިންގ ރިޕޯޓުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުން
 • ޕްރޮޖެކްޓް ތަކުގެ ކޮންސްޓްރަކްޝަން އާއި މެއިންޓަނަންސް އާއި ގުޅުންހުރި ކަންތައްތައް އެކުލަވާލައި ރާވާ ބެލެހެއްޓުން
 • މަސައްކަތްތަކަށް ބޭނުންކުރާ ތަކެއްޗާއި ޚިދުމަތްތައް ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ބަލައި ޔަގީންކުރުން
 • ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި ދިމާވާ މައްސަލަތަކަށް، ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލުހޯދުން
 • ކޮންސްޓްރަކްޝަން ސައިޓްތަކުގައި ދިމާވާ މައްސަލަތައް ބަލައި އެކަށީގެންވާ ފިޔަވަޅުއެޅުން
 • ކޯޕަރޭޝަނުން ހިންގާ ޕްރޮޖެކްޓްތައް ރާވައ ހިންގައި ބެލެހެއްޓުން
 • ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން
 • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ބިލްޑިންގ ސޭފްޓީ ކޯޑާއި އަދިވެސް އެހެނިހެން ޤަވާޢިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން
 • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދަނީ ތިމާވެށީގެ ގަވާއިދުތަކާއި އެއްގޮތަށްކަން ބަލައި ޔަގީންކުރުން
 • ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެހެން ޑިޕާޓްމަންޓްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި އިރުޝާދު ހޯދުން
 • މަސައްކަތްތައް ކުރިއަށް ގެންދެވެނީ ކޮންސްޓްރަކްޝަން އުސޫލުތަކާއި އެއްގޮތަށްކަން ޔަގީން ކުރުމަށް، މަސައްކަތުގެ ތެރޭގައި ދިމާވާ ގެއްލުންތަކާއި އެކްސިޑެންޓްތައް އަދި ކަނޑައެޅިފައިވާ ވަގުތައް ނުނިންމޭ މަސައްކަތްތައް ތަހުގީގުކުރުން
 • ޕްރޮޖެކްޓްތަކުގެ ކޮންޓްރެކްތައް އެކުލަވާލުމުގެ މަސައްކަތްތައް ބަލަހައްޓައި ބޭނުންވާ އިރުޝާދުދީ އަދި ކޮންޓްރެކްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުން
 • ކޮލިޓީ ކޮންޓްރޯލް ސިސްޓަމެއް އެކުލަވާލައި ބެލެހެއްޓުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

 • ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ޕްރޮޖެކްޓްތައް އެކުލަވާލުމާއި މެނޭޖް ކުރުމާއި އެގްޒެކިއުޓް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
 • މައުލޫމާތާއި ނަތީޖާ ދިރާސާކޮށް މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލު ހޯދުމުގެ ހުނަރު
 • ޓީމް މެމްބަރުންނާއި ކޮންޓްރެކްޓަރުންނާއި މުޢާމަލާތު ކުރާނެގޮތް ދެނެގަނެ ޓީމެއްގެ ގޮތުގައި ގެންގުޅުމުގެ ހުނަރު
 • ޕްރޮޖެކްޓް މެނޭޖްމަޓްގައި ބޭނުންކުރާ ސޮފްޓްވެއާރ ތަކަށް އަހުލުވެރިވުމާއެކު ޕްރޮޖެކްޓްތަކާއި ގުޅޭ ޓެކްނިކަލް މަޢުލޫމާތުތައް އެނގުން
 • ކުއަންޓިޓީ ސާރވޭއިންގ ގެ ހުނަރު
 • ޕްރޮޖެކް ކޯސްޓް އެނާލިސިސް އަދި ރިޕޯޓިންގ އަށް އަހުލުވެރިވުން
 • ބިލްޑިނގް ޑިފެކްޓްސް އާއި މެއިންޓަނަންސް މެނޭޖްމަންޓް ހުނަރު.

މުސާރަ: 13500.00ރ (އެލަވަންސްތަކާއެކު މަދުވެގެން 27115.00ރ ލިބޭނެއެވެ.)

މި ވަޒީފާއަށް މުވައްޒަފެއް އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                          

މާލެ، ދިވެހިރާއްޖެ                                                           

ފޯނު: 3336755                                                       

ފެކްސް: 3335892، ނުވަތަ،

3 ވަނަފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ    

ހުޅުމާލެ، ދިވެހިރާއްޖެ   

ފޯނު: 3353535    

ފެކްސް: 3358892                                       

20 އޭޕްރިލް 2015
ހޯދާ