ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ބްރޭންޑް ޕްރޮމޯޓަރ ގރ.1

މި ކުންފުނީގެ ތިރިގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ބްރޭންޑް ޕްރޮމޯރޓާރ ގރ.1  

އަދަދު: 1

މުސާރަ: 4350.00 ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކް (2 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 162 (ހުޅުމާލެ) ފިހާރަ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް:  1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕެންޝަން: ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަން ހަމަޖައްސައިދެވޭނެއެވެ.  
  • ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.  

މަޤާމުގެ މަސްއޫލިއްޔަތު:

  • އެސްޓީއޯ އިން ވިއްކާ ބްރޭންޑްތައް މާރކެޓް ކުރުމާއި ޕޮރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުން.
  • ކަސްޓަމަރުންނަށް މުދާތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޑޯ-ޓު-ޑޯ ކަސްޓަމަރ ވިސިޓްގައި ބައިވެރިވުން.

ތަޢުލީމާއި ތަޖުރިބާ:

  • ސާނަވީ އިމްތިޙާނުގައި 'އިނގިރޭސި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖަަށް ފަރިތަވުން.
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އެޕްރީލް 02 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ހުޅުމާލެ ފިހާރަ އިންނާއި އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272، ފެކްސް: 3344041   

އެސްޓީއޯ 162 ނަންބަރ ފިހާރަ

ބަގީޗާހިނގުން ، ކ. ހުޅުމާލެ

ފޯނު: 3012647، ވެބްސައިޓް: www.stomaldives.com

24 މާރިޗު 2015
ހޯދާ