ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލާސްރޫމް ޢިމާރާތް ކުރުމަށް

ހދ. ހިރިމަރަދޫ ސްކޫލުގައި 03 ކުލާސްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ދަޢުވަތު

ހދ.ހިރިމަރަދޫ ސްކޫލުގައި 03 ކްލާސްރޫމް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިއިދާރާގެ ނަންބަރު: IUL)226-F/PRIV/2015/03)ފ(03 ފެބުރުވަރީ 2015) ދެވަނަ ފަހަރަށް ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

މިކައުންސިލުން ދޭ ބީ.އޯ.ކިއު އާއި، ކުރެހުންތަކާއި އަދިި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހދ. ހިރިމަރަދޫ ސްކޫލުގައި 03 ކުލާސްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބީލަމާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 01 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި މަޢުުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 09 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަަޑައިގަންވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ