ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ ގރ.1

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރަރ ގރ. 1

އަދަދު: 1

މުސާރަ: 3240.00ރ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ 138 (ގދ. ތިނަދޫ) ފިހާރަ

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެ.
  • ޕެންޝަން.  

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ޑެލިވަރ ކުރުމުގެ މަސައްކަތް ކުރުން.
  • ފިހާރައާއި ގުދަން ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރުން.

ތަޢުލީމާއި ތަޖުރިބާ:

ގްރޭޑް 7 ގެ ފެންވަރު ހުރުން.

މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ 138 ނަންބަރު ފިހާރަ (ގދ. ތިނަދޫ) ފިހާރައިންނާއި އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑް އޮފީސް ނުވަތައެސްޓީއޯ 138 (ގދ. ތިނަދޫ) ފިހާރަ، ދާންނާމަގު، ނަންބަރު 59، ގދ. ތިނަދޫ  ފޯން:3012675، 3344273.

އެސްޓީއޯ ވެބްސައިޓް:

11 މާރިޗު 2015
ހޯދާ