މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރު އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހިންގަމުންދާ ސަބާ ޕްރޮޖެކްޓުގެ ދަށުން ސ. ހިތަދޫގައި ޤާއިމުކުރާ ކޮމިނިއުޓީ ފެސިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ކުރުމަށް ހަމަޖެހިފައިވާ އިތުރު މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 މާރިޗު 2015 ވާ ބުދަދުވަހުގެ 11:00 އަށް މ.ބޭންފްވިލާގެ ދެވަނަ ފަންގިފިލާއަށް ނުވަތަ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 25 މާރިޗު 2015 ވާ ބުދަދުވަހުގެ 11:00 ގައި މ.ބޭންފްވިލާ، ސަބާ މޯލްޑިވްސް، ދެވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްހޯލުގައި އަދި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި އަދި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015
ހޯދާ