މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އޮފީސް އެސިސްޓެންޓް 

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް އެސް 2 (ސަޕޯރޓް ސާރވިސް 2) / ސަޕޯރޓް ސްޓާފް ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ / އެޑްމިން، އެޗް އާރ އެންޑް ޕްރޮކިއުމަންޓް ، ކ. މާލެ

މަޤާމު ނަންބަރު

253205

މުސާރައާއި އިނާޔަތްތައް

މުސާރަ: -/3100 ރ

ސަރވިސް އެލަވަންސް: -/1000ރ

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
 •  މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 • އޮފީހުގެ ފަރާތުން ހަވާލުކުރަންޖެހޭ ޗެކްތައް ހަވާލުކުރުމާއި، ނަގަންޖެހޭ ފައިސާއެއް ނަގަން ދިޔުން.
 • ސްޓޮކަށްބޭނުންވާ ތަކެތި ގެނައުން.
 • އޮފީހުން ފޮނުވާ ސިޓީއާއި ތަކެތި އޮފީސްތަކަށާއި ތަންތަނަށް ހަވާލުކުރުން.
 • އޮފީހުގެ ބިއްލޫރި ދޮރުތަކާއި ފަންކާތައް ފޮޅައި ސާފުކުރުން.
 • ސެކްރެޓަރީއިން ފެށިގެން މަތީގެ މުވައްޒަފެއްގެ ހާޒިރުގައި އޮފީސް ހުޅުވައި ލެއްޕުން.
 • އޮފީހުން ކުރާ ދަތުރުތަކުގައި ގެންދާ އިކްއިޕްމަންޓް ގެންދިޔުމަށް އެހީތެރިވެދިނުން.
 • ރާއްޖޭން ބޭރަށާއި ރާއްޖެތެރެއަށް ފޮނުވަންޖެހޭ ސިޓީތައް ޕޯސްޓަށް ހަވާލުކުރުން.
 • ސިވިލް ސާވިސްގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެ މަތިން ވަޒީފާ އަދާކުރުން.
 • އަދި މީގެ އިތުރުން ސެކްޝަނުން ހަވާލުކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުންހުރި މަސައްކަތްތައްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮތޯރިޓީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 • ތަޢުލީމާއި ތަމްރީނު
 • މަސައްކަތުގެ ތަޖުރިބާ
 • އިންޓަރވިއު
 • ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
 • ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށް އިސްކަންދެވޭނެ.
 • ސުންގަޑި: 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން 
 • އިންޓަރވިއު ބޭއްވޭނެ މުއްދަތު: މާރިޗް - އެޕްރީލް 2015 މަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މީޓިންގ ރޫމްގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިންނާއި މިނިސްޓްރީގެ (http://www.housing.gov.mv ) ވެބްސައިޓުންނެވެ.)
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ މުއްދަތު އެނގޭގޮތަށް އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް (މުއްދަތު އެނގޭ ގޮތަށް)
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ