ދިވެހިރާއްޖެ
| އިޢުލާން | ||||||||||
| ވަޒީފާގެ ފުރުޞަތު: | ||||||||||
| މަޤާމް | އިމާމު / މުދިމު | 
 | ||||||||
| ބޭނުންވާ އަދަދު | 1 (އެކެއް) | 
 | ||||||||
| މަޤާމް އޮތް އޮފީސް | މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ | 
 | ||||||||
| ސެކްޝަން | އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް | 
 | ||||||||
| ވަޒީފާ އަދާކުރަންޖެހޭ ތަން | ރ. މަޑުއްވަރީގެ މިސްކިތްތައް | 
 | ||||||||
| މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު | 1. ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރިކަމެއް ރަނގަޅުކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން. 2. ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު މުދިމް މީހާއަށް ކަމެއް ދިމާވެގެން މިސްކިތަށްދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭފަދަ ޤާބިލުމީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން. 3. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކތުގެ ކަންކަމަށް ދަތިކޮށް ދިމާވާ ކޮންމެކަމެއް، މަޑުއްވަރީ ކައުންސިލް އިދާރާއަށް އަންގައި، އެކަން ރަނގަޅުކުރެވޭތޯ ބެލުން. 4. މަޑުއްވަރީ ކައުންސިލް އިދާރާއިން އޭރަކު އިންތިޒާމުކުރާ މިސްކިތެއްގައި، ކޭތަނަމާދާއި ތަރާވީޙު ނަމާދު އިމާމުވެ ކުރުން. 5. މަޑުއްވަރީ ކައުންސިލް އިދާރާއިން އަންގައިފިހިނދެއްގައި، ސަރުކާރުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަށުނަމާދުކުރުމާއި، މަރުވާމީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން. 6. މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެފަދަ ޕްރޮގްރާމެއް ހިނގާނަމަ، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން. 7. މިސްކިތު މަސައްކަތުމީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުސޫލެއްގެމަތިން، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން. | 
 | ||||||||
| މަޤާމް | ރޭންކް | ކްލެސިފިކޭޝަން | ޝަރުޠު | މުސާރަ | ސަރވިސް އެލަވަންސް | |||||
| މުދިމް | ޖީ.އެސް 1 | އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
 | 3565.00 | 1500.00 | |||||
| އިމާމް 
 | ޖީ.އެސް 3 
 | އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
 | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
 | 4465.00 | 1500.00 | |||||
| 
 
 އިމާމް 
 
 | ޖީ.އެސް 4 
 | އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 
 | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
 | 00.5020 | 1500.00 | |||||
| އެމް.އެސް 1 | ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
 | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
 | 5610.00 | 2000.00 | ||||||
| އެމް.އެސް 2 | ޓެކްނިކަލް އޮފިސަރ ގްރޭޑް 2 | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
 | 6295.00 
 
 | 2000.00 
 
 | ||||||
| އިސް އިމާމު 
 
 
 
 | އެމް.އެސް 3 
 
 
 
 | ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2 
 
 | މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 
 | 7035.00 
 
 
 
 | 2000.00 
 
 
 | |||||
| އެހެނިހެން ޢިނާޔަތްތައް: | 
 | 
 | ||||||||
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 | 
 | ||||||||
| މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ޕްރެކްޓިކަލްސް، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން: | މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، ޕްރެކްޓިކަލްސް، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ. އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ތަން ކަނޑައެޅުމަށްފަހު، ލިޔުމުން އެންގޭނެއެވެ. | 
 | ||||||||
| ހުށަހަޅަންޖެހޭ ލިޔުންތައް: | 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ އަޑުން ހަދާފައިވާ ރެކޯޑިންގ (ބަންގި، ޤަމަތް، ސޫރަތުލް ފާތިޙާ، ސޫރަތުލް އަޢުލާ، ސޫރަތުލް ޣާޝިޔާ، ސޫރަތުއްޟުޙާ، ސޫރަތުއް ނަޝްރަޙް، ސޫރަތުލް އިޙްލާޞް، ސޫރަތުލް ފަލަޤް، ސޫރަތުއްނާސްގެ ރެކޯޑިންގ، ސީ.ޑީއެއްގައި، ސީ.ޑީ ގައި ނަން ޖަހާފައި) 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 4. އެކްރެޑިޓްކުރެވިފައި ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ. 5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާ އަދާކޮށްފައިވާ މުއްދަތު ބަޔާންކޮށް، ވަޒީފާ އަދާކޮށްފައިވާ ތަންތަނުން/އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 6. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ. 7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) | 
 | ||||||||
| މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް. | 
 | ||||||||
| އިތުރު މަޢުލޫމާތު: | އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6580026 ނަންބަރު ފޯނާއެވެ. | |||||||||
| 18 ޖުމާދަލްއޫލާ 1436 | ||||||||||
 
                    