މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: މުނިސިޕަލް ސަރވިސް އޮފިސަރ

ރޭންކް: އެމް. އެސް. 1 (މެނެޖީރިއަލް ސަރވިސް 1)  

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

ސެކްޝަން: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މުސާރަ: މަހަކު -/5,610 ރުފިޔާ

އެލަވަންސް: މަހަކު -/2000 ރުފިޔާ

ގިންތި: ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

ތަޢުލީމާއި ތަޖުރިބާ:

 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މައިގަނޑު މަސައްކަތް:

1- ގޯތި ގެދޮރުގެ އިންވަކިކޮށްދިނުމާއި، ގޯތިގެދޮރުގެ ރަޖިސްޓްރީ ހަދައިދިނުމާއި، އެކަމާބެހޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.

2- ބިންބިމާބެހޭ ދަފްތަރެއް އެކުލަވާލައިގެން އެ ދަފުތަރު ބެލެހެއްޓުމާއި، ބިމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

3- އެއްބުރިއަށްވުރެ ގިނަ ބުރިއަށް އިމާރާތްކުރުމުގެ ހުއްދައާއި، އެ އިމާރާތްތައް ހަދައި ނިމެންދެން މޮނިޓަރކުރުން.

4- ރަށުގައި އުފެދޭ ކުނި ނައްތައިލުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ރަށުގެ ތިމާވެށްޓާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

5- ކުޑަކުދިންނާއި އަންހެނުންނަށް ކުރެވޭ އަނިޔާތަކާއި، ގެވެށި އަނިޔާތަކާބެހޭ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ އެންމެހައި މައްސަލަތަކެއް ކަމާގުޅޭ ފަރާތްތަކަށް އަންގައި، އެކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން.

6- އާސަންދައާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

7- ސައިކޭޓްރިކް، ތެލެސީމިޔާ، ޓީ. ބީ، ލެޕްރަސީ ބަލިމީހުންގެ ކަންތައްތައް ބެލެހެއްޓުން.

8- 65 އަހަރުން މަތީގެ މީހުންނާއި، އެކަނިވެރި މައިންނާއި، ބަފައިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ އެހީއަށް އެދޭ ފޯމްތައް ދޫކުރުމާއި، އެފޯމު ބަލައިގަތުމާއި، ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި، އެފަދަ މީހުންގެ ދަފްތަރު ބެލެހެއްޓުމާއި، އެކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

9- ވިޔަފާރި ހޮޓާ ފަދަ ތަންތައް އިންސްޕެކްޓްކުރުމާއި، އެފަދަ ތަންތަނުގެ ދަފުތަރު ބެލެހެއްޓުން.

10- އާސާރީ ތަންތަން ބަލަހައްޓައި، ސަޤާފީ ކަންތައްތައް ދިރުވައި އާލާކުރުމާއި، ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ބިނާތައް ބެލެހެއްޓުން.

11- އިންފޮމޭޝަން ޓެކްނޮލޮޖީއާބެހޭ ކަންތައްތައް ބެލެހެއްޓުން.

12- މަގުކޮނުމާއި، މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކަށް އާންމުންނަށް ދަތިނުވާނެގޮތަށް ހުއްދަދިނުމުގެ ކަންތައްތައް ކުރުން.

13- ރަށުގައި ހިންގާ ގެސްޓްހައުސްތަކަށް ހުއްދަދިނުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

14- ރަށުގައި ހުންނަ ރުއްގަހުގެ ރަޖިސްޓްރީ ބެލެހެއްޓުން.

15- ރަށުގެ ޢިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގެ ކަންތައްތަކާއި، ކުނިކޮށީގެ ކަންތައްތައް ބެލެހެއްޓުން.

16- ރަށުގެ ބަނދަރާއި، އެއްގަމު ތޮށްޓާއި، ބޭރުތޮށި މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އިންތިޒާމްކުރުން.

17- ރަށުގެ އަމަން އަމާންކަމާއި މަޞްލަޙަތު ބެލެހެއްޓުން.

18- ރަށުގެ މަގުތަކާއި، ގޯޅިތަކާއި، ޖެޓީ ސަރަހައްދާއި، ކުޅިވަރުކުޅޭ ދަނޑުތަކާއި، ޕާކްތަކާއި، މުނިފޫހި ފިލުވުމާބެހޭ އެންމެހައި ތަންތަން ބެލެހެއްޓުން.

19- އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުމާއި، އިދާރާގެ ދާއިރާގެ ތެރެއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ފުރިހަމައަށް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
 • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
 • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދެންވާނީ ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ، 2015 މާރިޗު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 އެވެ. ފޯމް ހުށަހަޅާނީ، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

 • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
 • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
 2. އެކްރެޑިޓްކުރެވިފައި ތަޢުލީމުގެ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ.
 3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 5.  ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580026 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580034 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ