އަރިއަތޮޅު އުތުރުބުރީ އުކުޅަހު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލާންސް ޑްރައިވަރ

އިޢުލާން

ވަޒިފާގެ ފުރުސަތު:

މަޤާމު

އެމްބިއުލާންސް ޑްރައިވަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:SS2  

މަޤާމުގެ ބާވަތް

ދާއިމީ

އޮފީސް: އއ. އުކުޅަސް ޞިއްޙީ މަރުކަޒު

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ އެލަވަންސް ދެވޭނެއެވެ.

ޑިވިޜަން

އެޑްމިން އެންޑް ފައިނޭންސް

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 ން މެންދުރުފަހު 3:00 އަދި އޮންކޯލް ޑިއުޓީ

މަޤާމުގެ ޝަރުޠު  

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

1. އެމްބިއުލާންސްގައި ދަތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ރަސްމީ ގަޑިތަކުގައްޔާއި ނުރަސްމީ ގަޑިތަކުގައި ދަތުރުތައް ކުރުން.

2. އެމްބިއުލާންސް ދޮވެ ސާފުކޮށް ބެލެހެއްޓުން.

3. ކަނޑައެޅިފައިވާ ގޮތުގެ މަތީން އެމްބިއުލާންސްގެ ތެޔޮ ބަދަލުކުރުމާއި، ކުރަންޖެހޭ މަރާމާތުތައް ވެރިންގެ ލަފާގެ މަތިން ކުރުން.

4. ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތު އަދާކުރުން.

5. މަރުކަޒުގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

6. މަރުކަޒުގެ ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ރަސްމީ ގަޑީގައި ޞިއްޙީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެ)
 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
 3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
 5. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 6. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް، B1 ކެޓަގަރީގެ ލައިސަންސް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
 7. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕާއި ސެމިނާރުފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
 8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ސުންގަޑި

2015 މާރިޗު 17 ވަނަ ދުވަހުގެ 2:00 ގެ ކުރިން އއ. އުކުޅަހު އުކުޅަހު ޞިއްޙީ މަރުކަޒަށް.

އިންޓަވިޔު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި އއ. އުކުޅަހު ޞިއްޙީ މަރުކަޒުގައި.

ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6660859 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ