މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕެސެންޖަރ ސަރވިސަސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ޕެސެންޖަރ ސަރވިސަސްއަށް ހީވާގި އަދި ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: އެސިސްޓެންޓް ޕެސެންޖަރ ސަރވިސަސް އޮފިސަރ

ބޭނުންވާ އަދަދު: 14  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ޕެސެންޖަރ ސަރވިސަސް

ޝަރުޠު:

 • ޖީ.ސީ.އީ އޭލެވެލް ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
 • އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
 • ބޭސިކް ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން. ( މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް)
 • ޞިއްޙަތު ރަނގަޅު، 24 ގަޑިއިރު ރޮޓޭޓިންގް ޝިފްޓް ޑިއުޓީ އަދާކުރެވޭނެ ފަރާތެއް ކަމުގައިވުން.
 • އިނގިރޭސި ބަހުންނާއި ދިވެހިބަހުން ފަރިތަކަމާއެކު (އަނގަބަހުންނާއި ލިޔުމުން) މުޢާމަލާތު ކުރަން އެނގުން.

އުމުރު: 18 އާއި 25 އަހަރާ ދެމެދު.

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

 • ޕަސެންޖަރުން ޗެކް-އިން ކުރުމުގެ އެންމެހައި ކަންތައްތައް ކޮމްޕިއުޓަރ ޕްރޮގްރާމުން ފުރިހަމަކުރުމާއި، ސީޓް ނަންބަރު ދިނުމާއި، ބޯޑިންގް ފާސް ދިނުމާއި، ލަގޭޖް ލޭބަލް ދިނުމާއިި، މަތިންދާ ބޯޓުން ގޭޓަށް، އަދި ގޭޓުން މަތިންދާ ބޯޓަށް ޕަސެންޖަރުން އެސްކޯޓް ކުރުން.
 • ކަނޑައެޅިފައިވާ ވަގުތުގައި ޓްރާންސިޝަންތައް ބެލެހެއްޓުން (އެގޮތުން ޑިލޭ ނުވަތަ ކެންސަލްވާ ފްލައިޓްތަކާއި އަދި ހަލާކުވާ ނުވަތަ ގެއްލޭ ލަގޭޖްތަކާ ގުޅިގެން ކުރިމަތިވާ ކަންތައްތައް ހައްލުކުރުން)
 • ކަސްޓަމަރުންނާއި މުޢާމަލާތުކޮށް، ސުވާލުތަކަށް ޖަވާބުދާރީވެ، ޕަސެންޖަރަކު ޚާއްޞަ ރިކުއެސްޓް އަކަށް އެދެފި ހިނދެއްގައި އެކަމެއް ކޮށްދެވޭނޭ މަގުފަހިކޮށްދިނުން.
 • އަބަދުވެސް ހިނިތުންވުމާއި އެކު، ޕްރޮފެޝަނަލް ގޮތެއްގައި ޕަސެންޖަރުން ނުވަތަ ކަސްޓަމަރުންގެ ޝަކުވާތަކަށް ޖަވާބުދާރީވުން.
 • މަސައްކަތާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔުންތައް އަދި ފޯމުތައް ފުރިހަމަ ކުރުމާއި އެންޓަރ ކުރުން.

 މުސާރަ އާއި އިނާޔަތްތައް:

 • މުސާރަ އާއި އެލަވަންސް މަހަކު -/10،000ރ އާއި -/11،000ރ އާ ދެމެދު.
 • ހަމަޖެހިފައިވާ އުސޫލުގެ މަތިން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 • ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ
 • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  
 • ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ
 • 3 މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓު

ކުރިމަތިލުމުގެ ސުންގަޑި: 19 މާރިޗު 2015ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް

ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު- 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ