މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Re-announcement for Senior Analyst Programmer

މި މިނިސްޓްރީގައި ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

1- މަޤާމު: ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ

ބޭނުންވާ އަދަދު:  1

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:  އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް

މަޤާމުގެ ނަންބަރު

206461

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް 2

މުސާރައާއި ޢިނާޔަތްތައް

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

 1. މިނިސްޓްރީގެ ސަރވަރތައް އިންސްޓޯލްކުރުމާއި، ކޮންފިގަރ ކުރުމާއި އަދި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމާއި، އަޕްގްރޭޑް ކުރުން. މިފަދަ ތަކެތި ހޯދުމަށް އެސެސްމެންޓް ހެދުމާއި، ބަޖެޓްކުރުމާއި ޕްރޮކިއުމަންޓް ޑޮކިއުމަންޓް ތައްޔާރުކޮށް ތަކެތި ހޯދުމާއި، އިންސްޓޯލްކުރުމާ ހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
 2. މިނިސްޓްރީން ބޭނުންކުރާ ބޮލި އިންފޮމޭޝަން ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތަކާއި އަލަށް ބޭނުންވާ މޮޑިއުލްތަކުގެ އެސެސްމަންޓް ހެދުމާއި، ސިސްޓަމް ޑިޒައިންކުރުމަށް ބޭނުންވާ ޕްރޮސެސް އެނަލިސިސް ހެދުމަށް ޤާނޫނުތަކާއި ގަވާއިދު ރިވިއުކޮށް އެކަމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި، އިންޓަރނަލް އަދި އެކްސްޓަރނަލް މީޓިންގތައް ކޯޑިނޭޓްކުރުމާއި، އަލަށް ޑިޕްލޮއި ކުރެވޭ މޮޑިއުލްތައް ޓެސްޓްކުރުމާއި އަދި ލައިވްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
 3. މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކުރުމަށްޓަކައި ބޮލިސިސްޓަމަށް އިނޮވޭޓިވް ފީޗަރޒް ޑިޒައިންކޮށް މެނޭޖްމަންޓްގެ ހުއްދައާއެކު ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ (NCIT) އާއެކު މަސައްކަތްކޮށް އިމްޕްލިމެންޓްކުރުން.
 4. ބޮލި ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީންނާއި ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުމާއި އޮފީހުގެ މަސައްކަތުގައި އެހެނިހެން ޔުނިޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.
 5. މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވުން.
 6. އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް ބެލެހެއްޓުމާއި ޔުނިޓުގެ މަސައްކަތް ރޭވުމާއި، މަސައްކަތުގެ އެސް.އޯ.ޕީ ތައްޔާރުކުރުން އަދި މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވެން.
 7. އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ މުވައްޒަފުންގެ ޖޮބް ޑިސްކްރިޕްޝަން ހެދުމާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުން އިވެލުއޭޓްކޮށް ޔުނިޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ސަޕޯޓްދިނުން.
 8. މިނިސްޓްރީގައި ބޭނުންކުރާ ވެބްސައިޓްތަކާއި، އީމެއިލް، ޖެމްސް، އެޗްއާރު އަދި ބޮލި ސިސްޓަމްގެ ޚިދުމަތްތައް މެދުނުކެނޑި މިނިސްޓްރީގެ ނެޓްވާރކަށް ލިބޭތޯ ޔަގީންކުރުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު

 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަރވިއު ކުރުން:

- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ނުވަތަ 2 ހަފްތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަރވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލެއް ނުވަތަ އިމްތިޙާނެއް ދޭ ގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައި ބަޔާންކުރެވިފައިވާ އެހެނިހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެއޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 15:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސާރވިސްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

- މީގެއިތުރުންވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަންބަރު: 3333174، 3333143 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

14 ޖުމާދަލްއޫލާ 1436

05 މާރިޗު 2015
ހޯދާ