މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސާކިއުލަރ

އައި.އެން.އައި.އޭގެ ކުރިއާ ބްރޭކް ބަލްކިންގ / ކޮންސޮލިޑޭޝަން ޚިދުމަތް ހުއްޓާލުމާބެހޭ

މި ކުންފުނީގެ ސާކިއުލަރ ނަންބަރު MACL-CMS/CIR/2015/001 އާ ހަވާލާދީ ދަންނަވަމެވެ.

01 ޖަނަވަރީ 2015 ގައި، އައި.އެން.އައި.އޭގެ ކުރިއާ ބްރޭކް ބަލްކިންގ / ކޮންސޮލިޑޭޝަނ ޚިދުމަތްތައް ހުއްޓާލުމަށް އިޢުލާން ކުރެވުނު ނަމަވެސް، އެޚިދުމަތް ހޯއްދަވާ ފަރާތްތަކާއި އިތުރަށް މަޝްވަރާ ކުރުމަށްފަހު، މި ގެނެވޭ ބަދަލަށް އެފަރާތްތަކުން ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމަކީ މުހިންމުކަމެއް ކަމަށް ފެންނާތީ، ޚިދުމަތް ހުއްޓާލަން ކުރިން ހަމަޖެހިފައިވާ މުއްދަތު (01 އެޕްރީލް 2015)ގެ ބަދަލުގައި 01 ޖުލައި 2015 އަށް ވަނީ އިތުރުކުރެވިފައެވެ. އަދި މި ތާރީޚުގެ ފަހުން އޮޕަރޭޝަނަލް ސަބަބުތަކަށްޓަކައި އިތުރު މުއްދަތެއް ދެވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އެހެންކަމުން މި ޚިދުމަތް ހޯއްދަވާ ފަރާތްތަކުން މިކަމަށް އެހެން ހައްލެއް ހޯއްދެވުމަށް އިލްތިމާސް ކުރައްވަމެވެ.

މިކަމާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

އަމްޖަދު ނަޞީރު

މެނޭޖަރ (ކާރގޯ ސަރވިސަސް)

ފޯން: 6320 966 960+

އީ-މެއިލް: [email protected]

މިފަދަ ކަންކަމުގައި ތިޔަ ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.

15 ފެބުރުވަރީ 2015
ހޯދާ