މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލް އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލް އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާޞިލް ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރާ އެއަރޕޯޓްގައިވާ އެގްޒެކްޓިވް/ބިޒްނަސް ލައުންޖް ސަރވިސަސް ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:  އެސޯސިއޭޓް މެނޭޖަރ – ލެވެލް 1 (ލައުންޖް ސާރވިސަސް)

ބޭނުންވާ އަދަދު: 01

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް (ހުޅުލެ) / ކޮމާޝަލް ޑިވިޝަން / އެގްޒެކްޓިވް/ ބިޒްނަސް ލައުންޖް

ޝަރުޠު:

 • ދާއިރާއާ ގުޅޭ ގޮތުން ބެޗެލާސް ޑިގްރީއެއް ހާސިލުކޮށްފައިވުން (ޓުއަރިޒަމް މެނޭޖްމަންޓް ނުވަތަ ހޮސްޕިޓާލިޓީ ބިޒްނަސް މެނޭޖްމަންޓް).
 • މަތީފަންތީގެ މެހްމާން ދާރީ ޚިދުމަތް ދޭ ދާއިރާގެ (އަސާސީ ޒިންމާތައް ކަމުގައިވާ މެހްމާނުންގެ ޚިދުމަތާއި ކާބޯ ތަކެތީގެ ޚިދުމަތް ދާއިރާ ހިންގުމުގެ)  މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 • އެގްޒެކްޓިވް / ބިޒްނަސް ލައުންޖުގެ މެހްމާނުންނަށް ލައުންޖުން ދޭ ޚިދުމަތަކީ އެފަރާތްތަކުން ބޭނުންވި ފެންވަރާއި ގޮތަށް ދެވޭ ޚިދުމަތަކަށް ހެދުމުގެ ޝައުޤާއި ވިސްނުން ހުރި ދަންނަ ފަރާތެއް ކަމުގައިވުން.
 • މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ އެކި ހަލާތްތަކުގެ މައްސަލަތައް އުފެއްދުންތެރި ނަޒަރިއްޔާތަކުން ހައްލުކުރަން އެނގުން. 
 • އިނގިރޭސި/ ދިވެހި ބަހުން މީހުންނާއި ރަސްމީ ލިޔެކިއުން ރަނގަޅަށް ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން
 • ލައުންޖުން ދީފައިވާ ޚިދުމަތް ރަނގަޅު ފެންވަރަށް ކޮމްޕިއުޓަރުން ރިޕޯޓުތައް ތައްޔާރުކުރަން އެނގުން.    

މުސާރައާއި ޢިނާޔަތްތަކަށް: -/15000ރ އާއި -/16500ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އިބްރާހިމް ނާސިރް އިންޓަނޭޝަނަލް އެއާރޕޯޓްގެ ވީ.އައި.ޕީ، ވީ.ވީ.އައި.ޕީ އަދި ސީ.އައި.ޕީ ލައުންޖް  ނުވަތަ ބިޒްނަސް ލައުންޖްތަކުގެ ދުވަހުން ދުވަހުގެ އޮޕަރޭޝަންސް ރަނގަޅަށް ގެންގޮސް، ތަނުގެ ޚިދުމަތް ހޯދައި ޕެސިންޖަރުން ހިތް ހަމަޖެހޭ ފަދަ ފެންވަރަކަށް ތަނުގެ ހިދުމަތް ބަހައްޓާ ތަނަށް ލިބޭ މަންފާ އިތުރުކުރުމަށް މަސައްކަތް ކުރުން. 

- ލައުންޖްްގެ މުއައްޒަފުންގެ ކަންތައްތައް ބަލަހައްޓާ،  3 ޝިފްޓަށްވާ ގޮތަށް މުއައްޒަފުންގެ ޑިއުޓީ ތާވަލުކޮށް ލައުންޖްްގެ އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާރާ ފަދަ ގޮތަކަށް ތަނުގެ ރިސެފްޝަން އޭރިއާ، ކާބޯތަކެތީގެ ޚިދުމަތް ދޭ އަދި ތަން ރަނގަޅަށް ބެލެހެއްޓޭނެ ފަދަ ގޮތަކަށް މުއައްޒަފުންގެ ޑިއުޓީތައް ތާވަލު ކުރުން. 

- ތަނުގެ މުއައްޒަފުންގެ ފަރާތުން ލައުންޖްްގެ ޚިދުމަތް ހޯދާ ޕެސިންޖަރުންނަށް ރަޙުމަތްތެރިކަމާ މަޑުމައިތިރިކަމާއެކު ލައުންޖަށް ވަންނަ އިރު މަރުޙަަބާ ކިޔައި ޕެސިންޖަރުންގެ ޚިދުމަތުގައި ތިބުމަށް އަބަދުވެސް ލައުންޖްގެ މުވައްޒަފުން ސަމާލުކުރުވުން.

- އަބަދުވެސް ލައުންޖްގެ ޚިދުމަތާއި ސާފުތާހިރުކަން ބަލަހައްޓައި ނެގޭ ފީއާ އެއްވަރެއްގެ ޚިދުމަތެއް ލައުންޖުން ދީ ތަނުގެ ސްޓޭންޑާޑް ހިފަހައްޓަން މަސައްކަތް ކުރުން. 

- ލައުންޖުގެ ޚިދުމަތް ހޯދާ ފަސިންޖަރުންނާއި،  ލައުންޖުގެ އޮކިއުޕެންސީ، ތަނުގެ ޚަރަދު އަދި ތަނަށް ލިބޭ އާމްދަނީގެ ރިޕޯޓް ދުވަހުން ދުވަހަށް، ހަފުތާއަކު އެއްފަހުރ އަދި މަހަކު އެއްފަހަރު ފޮނުވުން.

މަޤާމް : އިންޓާރނަލް އޮޑިޓް އޮފިސަރ

ބޭނުންވާ އަދަދު: 02

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރުއިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ ) / އިންޓާރނަލް އޮޑިޓް ސެކްޝަން.  

ޝަރުޠު:

 • ޖީ.ސީ.އީ އޯލަވަލް އެކައުންޓިންގ އަދި އިނގިރޭސިއާއެކު 05 މާއްދާ އިން ފާސްވެފައިވުން.
 • ކޮމްޕިއުޓަރ އެމް.އެސް އޮފީސް ބޭނުން ކުރަން އެނގުން ( އެކްސެލް، ވާރޑް، ޕަވަރ ޕޮއިންޓް )   
 • ޑިޕްލޮމާ އިން އެކައުންޓިން ނުވަތަ ޖީ.ސީ.އީ އޭލަވަލް އެކައުންޓިންގއާ އެކު 02 މާއްދާ އިން ފާސްވެފައިވާ އަދި 01 އަހަރު ދުވަހުގެ މި ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 • އިގިރޭސި ބަހުންނާއި ދިވެހި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން އެނގުން.
 • މުސާރައާއި އިނާޔަތަށް -/10500ރ އާއި -/11000ރ އާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އިންޓަރނަލް އޮޑިޓްގެ މަސައްކަތް ޕްލޭންކޮށް، ޑައިރެކްޓްކޮށް އަދި ކޯޑިނޭޓް ކުރުމުގައި އެހީތެރިވުން.

- ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް ކުރުން.

- ސީނިއަރ މެނޭޖްމަންޓާއެކު، ކުންފުނީގެ މައިގަނޑު ރިސްކްތަކަކީ ކޮބައިތޯ ބަލައި، ފާހަގަކޮށް  އަންދާޒާކޮށް އިންޑަސްޓްރިއަލް ބެސްޓް ޕްރެކްޓިސްއަށް ބިނާކޮށް ރިސްކް މެނޭޖްމަންޓް ޕްރޮސީޖަރތައް އެކުލަވައިލުމުގައި އެހީތެރިވުން.

- ކުންފުނީގެ އެތެރޭ އެކައުންޓިންގއާއި ކޮންޓްރޯލްތައް ހަރުދަނާ ކުރުމަށް ކުރެވޭ ކަންކަމުގައި އެހީތެރިވުން.

- އޮޑިޓް މީޓިންގތަކުގައި ބައިވެރިވެ، ރިޕޯޓް ތައްޔާރު ކުރުމުގައި އެހީތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

- ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ 

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

- 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓްގެ ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި:  26 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 16:00 ގެ ކުރިން.

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގް

ހުޅުލެ، ދިވެހިރާއްޖެ. 

އިތުރު މަޢުލޫމާތު: ފޯނު 3325511    

އެދި މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަވިއުއަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

29 ރަބީޢުލްއާޚިރު 1436

19 ފެބުރުވަރީ 2015
ހޯދާ