މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވައިލުން

އިޢުލާން

އެމްޓީސީސީގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. އެމްޓީސީސީ ޕލކ ގެ ހިންގާ ގަވާއިދާއި، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ގޮތުގެ މަތިން ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމުގެ މަޤާމަށް 2 ޑިރެކްޓަރުން އައްޔަން ކުރުން މިއަހަރު ބާއްވާ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އޮންނާނެއެވެ.

ވީމާ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.

ބޯޑް ޑިރެކްޓަރު ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ މިކުންފުނީގެ ހިންގާ ގަވާއިދުގެ 74 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން އާންމުކުރައްވާފައިވާ، "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތްތަކަށް ވާންވާނެއެވެ.

74 ވަނަ މާއްދާ

  1. ކުންފުނީގެ އަސާސީ ގަވާއިދުގައި ހުރި މަޤުސަދުތައް ފުރިހަމަކުރުމަށްޓަކައި ކުންފުނީގެ ވިޔަފާރިކުރިއެރުވުމަށް ބޭނުންވާ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން؛
  2. އެއްވެސް ޤާނޫނަކުން ނުވަތަ ކޯޓަކުން ޑިރެކްޓަރެއްގެ މަޤާމް އަދާކުރުން މަނާކުރެވިފައިވާ ނުވަތަ ޕަބްލިކް ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މަޤާމުގައި ޑިސްކޮލިފައި ކުރެވިފައިވާ މީހަކަށް ނުވުން؛
  3. ދިވެހިރާއްޖޭގައި ނުވަތަ އެހެންވެސް ޤައުމެއްގައި އިފްލާސް ކުރެވިފައިނުވުން އަދި އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް ނެތުން؛
  4. ވައްކަން، މަކަރާއި ޙީލަތް، ފައިސާއަށް ޚިޔާނާތްތެރިވުން، ފައިސާ ގެންގުޅުމުގައި ނޭދެވޭ ގޮތްތަކަށް ޢަމަލުކުރުން، ފައިސާ އަމާނާތެއްގެގޮތުގައި ހަވާލުވެހުރެ ޚިޔާނާތްތެރިވުން، ރިޝްވަތު ފަދަ ކަމެއްގެ ކުށެއް ނުވަތަ އެނޫންވެސް މައްސަލައެއް ސާބިތުވެފައިނުވުން؛
  5. މަޤާމުގެ ހައިސިއްޔަތުންނާއި، އަމިއްލަ ގޮތުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކުކަމުގައި ވުން؛
  6. ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ޚިޔާރުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއެކު ޙިކުމަތްތެރިޔަކު ކަމުގައިވުން؛
  7. މާލީ ރިޕޯޓުތައް ކިޔައި، ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވުން؛
  8. އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތްތަކުގައި ޒިންމާދާރު ގޮތެއްގައި، ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހަކުކަމުގައިވުން؛
  9. ބުއްދިސަލާމަތުން ހުރި،  މީލާދީ ގޮތުން 21 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން؛ އަދި
  10. ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލާ ފަރާތަކީ ކުންފުނީގެ ހިއްސާދާރެއް ކަމުގައިވުން،

އަދި, ކުންފުނީގެ ހިންގާ ގަވައިދުގެ 65 ވަނަ މާއްދާގައިވާ ގޮތުން "ކުންފުނީގެ އެއްވެސް މުވައްޒަފަކަށް ކުންފުނީގެ އެއްވެސް ވަޒީފާއެއްގައި، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އިޢުލާންކުރާ މުއްދަތާ ހަމަޔަށް ދެމިހުރެއްޖެނަމަ، އެފަދަ މުވައްޒަފަކަށް ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ގޮތުގައިހުރެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރުންގެ މަޤާމެއް އަދައެއްނުކުރެވޭނެއެވެ."

އަދި މީގެ އިތުރުން ކުރިމަތިލައްވާ ފަރާތްތަކަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވާ މެމްބަރުންގެ ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާ ފަރާތަކަށްވެސް ވާންވާނެއެވެ.

ވީމާ ދަންނަވަމެވެ. އެމްޓީސީސީގެ 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންވެވަޑައިގަންނަވާ މިދެންނެވުނު ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން، "އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 19 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 16:00 ގެކުރިން ކޮމްޕެެނީ ސެކްރެޓަރީ/ކޯޕަރޭޓް ޑިޕާޓްމަންޓަށް އެޑްރެސްކުރައްވައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ، އަށް ނުވަތަ 3323221 (960) ފެކްސް ނަންބަރަށް ނުވަތަ [email protected]  އީ-މެއިލް އަށް ފޮނުއްވުން އެދެމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3001122 (960) ނަންބަރާ ގުޅުއްވުން އެދެމެވެ.  

މިމުއްދަތުގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޝަން ކޮމެޓީގެ ފަރާތުން އިވެލުއޭޓްކޮށް ނޮމިނޭޓްވާ ފަރާތްތަކުގެ މަޢުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާ، ބޯޑުން ނިންމަވާގޮތެއްގެމަތީން ކެންޑިޑޭޓުންނާބެހޭ މަޢުލޫމާތު އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިޢުލާން ކުރެވޭނެއެވެ. އަދި ނޮމިނޭޓްވި ޑިރެކްޓަރުންގެ ތެރެއިން ހުސްވެފައިވާ 2 މަޤާމަށް ޑިރެކްޓަރުން އިންތިޚާބުކުރާނީ 2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

ވޯޓު ދިނުން

ކުންފުނީގެ ހިންގާ ގަވާއިދުގެ 45 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 'ކުންފުނީގެ ކޮންމެ ޢާންމު ޖަލްސާއެއްގައިވެސް ވޯޓް ދޭނީ އަތް އުފުލައިގެންނެވެ. ނަމަވެސް ކުންފުނީގެ ހިއްސާގެ އަށްވުރެ މަދުނޫން އަދަދެއް ތަމްސީލުކުރާ މެމްބަރުން އެދިއްޖެނަމަ، މެމްބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ކޮންމެ ހިއްސާއަކަށް ވޯޓެއްގެ ނިސްބަތުން، ޕޯލް ވޯޓްދޭ އުސޫލުން ވޯޓް ނެގިދާނެއެވެ. އަތް އުފުލައިގެން ވޯޓް ދޭއިރު ހާޒިރުވި ކޮންމެ ހިއްސާދާރަކަށް ވެސް ދެވޭނީ އެއް ވޯޓެވެ. މެމްބަރުން ގަނެފައިވާ ހިއްސާގެ ނިސްބަތުން ވޯޓުދޭއިރު ހާޒިރުވި ކޮންމެ މެމްބަރަކަށްވެސް އޭނާ ގަނެފައިވާ ކޮންމެ ހިއްސާއަކަށް އެއް ވޯޓު ގެ ގޮތުން ޕޯލް ވޯޓެއް ދެވިދާނެއެވެ.

ކުންފުނީގެ ހިންގާ ގަވާއިދުގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނީގެ ޢާންމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމުގައި އަތް އުފުލައިގެން ވޯޓްދިނުމުގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވި ކޮންމެ ހިއްސާދާރަކަށް އަދި ޕްރޮކްސީ މެދުވެރިކޮށް ތަމްސީލުކުރެވިފައިވާ ކޮންމެ ހިއްސާދާރަކަށް، އެޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ކޮންމެ ގޮނޑިއަކަށް އެއް ވޯޓް ދެވޭ އުޞޫލުން ވޯޓް ފޮށްޓަށް ވޯޓް ލެވިދާނެއެވެ. މިގޮތުން ވޯޓު ދިނުމުގައި ހުސްވެފައިވާ ގޮނޑީގެ އަދަދަށްވުރެ ގިނައިން ހިއްސާދާރަކު އަދި ޕްރޮކްސީ މެދުވެރިކޮށް ބަދަލުގައި ވޯޓުލާ ފަރާތުން ވޯޓު ދީފައިވާނަމަ އެ ހިއްސާދާރެއްގެ ނުވަތަ ޕްރޮކްސީ ވޯޓެއް ބާތިލްވާނެއެވެ.

އަދި ކުންފުނީގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 'ޑިރެކްޓަރުން އިންތިޚާބު ކުރުމަށް ނެގޭ ވޯޓުގެ ނަތީޖާގައި  އެންމެ މަތިން ވޯޓު ހޯދާފައިވާ ފަރާތްތައް އެއްވަރުވެއްޖެ ނަމަ، ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރެވޭ މެމްބަރުން ކަނޑައަޅާނީ އެއްވަރަށް ވޯޓް ހޯދާފައިވާ ފަރާތްތަކުން އެކަނި ހިމެނޭގޮތަށް އަލުން ނަގާ ވޯޓެއްގެ ނަތީޖާއިންނެވެ. މިގޮތުން ނަގާ ވޯޓްގެ ނަތީޖާވެސް އެއްވަރުވެއްޖެނަމަ ހިންގާ ގަވާއިދުގެ 60 ވަނަ މާއްދާގައިވާ ގޮތަށް އެޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ކާސްޓިންގ ވޯޓެއް ދިނުމުގެ ޙައްޤު ލިބިގެންވެއެވެ'.

އެމްޓީސީސީ ގެ އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފަރާތްތަކަށް "އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލައްވާ ފޯމު"  ކޯޕަރޭޓް ޑިޕާޓްމަންޓް، އެމްޓީސީސީ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ، އިން ލިބިވަޑައިގަންނަވާނެއެވެ. އަދި އެމްޓީސީސީގެ ވެބްސައިޓް www.mtcc.com.mv އިން ވެސް މިފޯމް ޑައުންލޯޑް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ފެބުރުވަރީ 2015
ހޯދާ