ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 ކްލާސްރޫމް ޢިމާރާތް ކުރުމަށް

ހދ.ނައިވާދޫ ސްކޫލުގައި 01 ކްލާސްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ދަޢުވަތު 

މިކައުންސިލުން ދޭ ކުރެހުންތައް އަދި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހދ. ނައިވާދޫ ސްކޫލުގައި 01 ކްލާސްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބީލަމާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި މަޢުުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 02 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 10:30 އަށް ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަަޑައިގަންވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ