ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ބިދޭސީން ރާއްޖެ ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް

ނޫސް ބަޔާން

އާމްދަނީ ހޯދުމުގެ މަޤުޞަދުގައި ނޫން ގޮތަކަށް ކޯޓާ ހޯދުމަކާނުލައި، ގެވެށި މަސައްކަތްތަކަށް ބިދޭސީން ރާއްޖެ ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު މިހާރު ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހޯދުމުގައި އަދި އެޓެސްޓްކުރުމުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިތަކާ ދިމާވަމުންދާކަމުގެ ޝަކުވާ މި ޑިޕާޓްމަންޓަށް ދަނީ ލިބެމުންނެވެ.

އެހެންކަމުން، ކޯޓާ ހޯދުމަކާނުލައި، ގެވެށި މަސައްކަތްތެރިންގެ ގޮތުގައި "ޑޮމެސްޓިކް ސާރވަންޓް" އާއި "ޑޮމެސްޓިކް ޑްރައިވަރ" އަދި "އެޓެންޑެންޓް" މި މަޤާމުތަކަށް ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭނީ ތިރީގައި މިދަންނަވާ ލިޔުންތައް ކަމުގައި ހަމަޖައްސައިފީމެވެ.

1. ބިދޭސީ މީހާގެ ޕާސްޕޯޓްގެ ބަޔޯ ޑޭޓާ ޕޭޖްގެ ކުލަކޮޕީ (200dpi)

2. ބިދޭސީ މީހާގެ ފޮޓޯ (ޕާސްޕޯޓް ސައިޒް، ކުލަ)

3. އިނގިރޭސިބަހުން ތައްޔާރުކޮށްފައިވާ ބިދޭސީ މީހާގެ މެޑިކަލް ރިޕޯޓް (ރިޕޯޓް ދޫކުރި ތާރީޚުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަސް ހަމަނުވާ)

4. ލެޓަރ އޮފް އެޕޮއިންޓްމަންޓްގެ ކުލަކޮޕީ.

5. ރަށްވެހީންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތެއްގެ ނަމުގައި ބިދޭސީއަކު ގެންނަ ނަމަ، ބިދޭސީ މީހާ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގޭގެ ރަށްވެހީންގެ ރަޖިސްޓަރީގެ ކުލަކޮޕީ (އެމްޕްލޯއިމަންޓް އެޕްރޫވަލަށް އެދޭ ފަރާތަކީ ރަށްވެހީންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.)

6. ކުއްޔަށް އުޅޭ ފަރާތެއްނަމަ، ކުލީގެ އެއްބަސްވުމުގެ ކުލަކޮޕީ (އެމްޕްލޯއިމަންޓް އެޕްރޫވަލަށް އެދި އެޕްލިކޭޝަން ހުށަހަޅާއިރު ކުލީގެ އެއްބަސްވުމުގެ މުއްދަތުގައި މަދުވެގެން 3 (ތިނެއް) މަސްދުވަސް އޮންނަންޖެހޭނެއެވެ.)

7. ބިދޭސީމީހާ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގޭގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ފަރާތަކަށް ގެވެށި މަސައްކަތަށް ބިދޭސީއަކު ގެނެސްފައިވާނަމަ، އެމްޕްލޯއިމަންޓް އެޕްރޫވަލަށް އެދޭ ފަރާތަކީ ވަކި ގޭބިސީއެއްގައި ދިރިއުޅޭ ފަރާތެއްކަން ބަޔާންކޮށް ގޭގެ ވެރިފަރާތުން ދީފައިވާ ލިޔުމުގެ ކުލަކޮޕީ.

8. އެމްޕްލޯއިމަންޓް އެޕްރޫވަލަށް އެދޭ ފަރާތަކީ ވަޒީފާއެއް އަދާކުރާ ފަރާތެއް ނަމަ، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ އެންމެ ފަހުގެ 3 (ތިނެއް) މަހުގެ މުސާރަ ސްލިޕްގެ ކުލަކޮޕީ (އޮފީހުގެ ތައްގަނޑު ޖަހާފައި) ނުވަތަ ވަޒީފާގައި އުޅޭ ކަމުގެ ލިޔުމުގެ ކުލަކޮޕީ (އޮފީހުގެ ތައްގަނޑު ޖަހާފައި) 

9. ގޭބިސީގެ ވެރިފަރާތުގެ ބަލަދުވެރިކަމުގެ ދަށުގައިވާ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނުވަތަ ހިނގާ އުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާ އުމުރުން ދުވަސްވީ މީހަކު ބެލުމަށް އެހީތެރިވުމަށްޓަކައި "އެޓެންޑެންޓް" ގެ ގޮތުގައި ބިދޭސީއަކު ގެންނަ ނަމަ، ޑޮކްޓަރ ސެޓުފިކެޓުގެ ކުލަކޮޕީ.

10. ބިދޭސީމީހާގެ ވޭތުވެދިޔަ 5 އަހަރު ދުވަހު ކުށުގެ ރިކޯޑެއް ނެތްކަން އަންގައިދޭ، އެ ބިދޭސީއަކު ނިސްބަތްވާ ޤައުމެއްގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ޕޮލިސް ރިޕޯޓްގެ ކުލަކޮޕީ. (މި ރިޕޯޓް އޮންނަންވާނީ އިނގިރޭސިބަހުންނެވެ.)

11. ބިދޭސީމިހާގެ ހުރުމުގެ ކަންތައްތައް ހަމަޖެހިފައިވާ ކޮޓަރި އެނގޭނެހެން ތައްޔާރުކޮށްފައިވާ ބިދޭސީމީހާ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގެ ނުވަތަ އެޕާޓްމަންޓުގެ ފްލޯރ ޕްލޭން (މި ފްލޯރ ޕްލޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ފާސްކޮށްފައިވާ ކުރެހުމަކަށް ވާންޖެހޭނެއެވެ. ނުވަތަ ފްލޯރ ޕްލޭނަކީ ޞައްޙަ ކުރެހުމެއް ކަމަށް 2 ހެކީން ސޮއިކޮށްފައި އޮންނަންވާނެއެވެ.)

12. "ޑޮމެސްޓިކް ޑްރައިވަރ" އެއް ގެންނަނަމަ، ވެހިކަލް ރަޖިސްޓަރީގެ ކުލަކޮޕީ

13. "ޑޮމެސްޓިކް ޑްރައިވަރ" އެއް ގެންނަނަމަ ބިދޭސީމީހާގެ ޤައުމުގެ ކަމާބެހޭ ރަސްމީ ފަރާތަކުން ދޫކުރައްވާފައިވާ ޑްރައިވިންގ ލައިސަންސްގެ ކުލަކޮޕީ.

ވީމާ، ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

15 ރަބީޢުލްއާޚިރު 1436

05 ފެބުރުވަރީ 2015
ހޯދާ