ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ހިރިމަރަދޫ ސްކޫލުގައި 03 ކުލާސްރޫމް ޢިމާރާތް ކުރުމަށް

ހދ. ހިރިމަރަދޫ ސްކޫލުގައި 03 ކުލާސްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިކައުންސިލުން ދޭ ބީ.އޯ.ކިއު އާއި، ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހދ. ހިރިމަރަދޫ ސްކޫލުގައި 03 ކުލާސްރޫމް ޢިމާރާތް ކުރުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ބީލަމާބެހޭ މައުލޫމާތު ދިނުން އޮންނާނީ 02 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހަޅުއްވަންޖެހޭ ތާރީޚަކީ 08 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

06 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ