ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ދޯނި ކްރޫ (ދޯނި ފަޅުވެރި)

މަޤާމު: ދޯނި ކްރޫ (ދޯނި ފަޅުވެރި)

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓެނަންސް

ސެކްޝަން: ސައިޓް އޮޕަރޭޝަން، ވާރކްޝޮޕް، ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- ގްރޭޑް 8 ގެ ފެންވަރުހުރުން ނުވަތަ،

- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސެންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ދޯނީގެ ފަޅުވެރިއެއްގެ ގޮތުން ދޯނި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ކޮންމެ ޙާލަތެއްގައިވެސް ދޯންޏަށް ގެއްލުމެއް ނުވާނޭފަދައިން، މާލިމީގެ އިރުޝާދުތަކާ އެއްގޮތްވާގޮތުގެމަތިން ފަރުވާތެރިކަމާއެކު ވަޒީފާގެ އެންމެހާ ޒިންމާތައް އަދާކުރުން.

- ދަތުރުމަތީގައްޔާއި ފަޅުގައި ދޯނި އޮންނައިރު، ދޯނީގެ ކަންތައްތައް ބެލެހެއްޓުން.

- މުދާ އުފުލުމަށް ކުރެވޭ ދަތުރުތަކުގައި، މުދާ ބޭލުމާއި އެރުވުމުގައި ފަޅުވެރިންގެ އެހީތެރިކަން ބޭނުންވެއްޖެ ހިދެއްގައި އެޚިދުމަތް ފޯރުކޮށްދިނުން.

- ދޯނި ފަޅުގައި އަޅާފައި ހުންނަ ވަގުތުތަކުގައާއި ދޯނި މަރާމާތުކުރުމަށް އެހެލެވިފައިވާ ވަގުތުތަކުގައި ދޯނި ކައިރީ މަޑުކޮށް ދޯނީގެ ކަންތައް ބެލެހެއްޓުން.

- ދޯނީގެ ފެހިކަހައި ކުލަލުމުގެ މަސައްކަތްކުރުން

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، ސަލާމަތީ ކަންތައްތައް އެނގުން

- ފަތަން އެނގޭ ފަރާތަކަށްވުން

- އެކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން

- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: -/4300ރ (އެލަވަންސްތަކާއެކު މަދުވެގެން 9227/50ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ވަނަވަރާއި އަދި އެޓެސްޓެޑް ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 15 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލޭއޮފީހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

1ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                            3ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                      ނުވަތަ                     ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު: 3336755                                              ފޯނު: 3353535   

ފެކްސް: 3335892                                           ފެކްސް: 3358892

12 ޖަނަވަރީ 2015
ހޯދާ