ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ މުވައްޒަފުން)

މަޤާމު: މަސައްކަތު (ވަގުތީ މުވައްޒަފުން)

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓަނަސް

ސެކްޝަން: ސައިޓް އޮޕަރޭޝަން، ވޯރކްޝޮޕް، ޓްރާންސްޕޯރޓް އެންޑް ލޮޖިސްޓިކް

އަދަދު: 10

މުއްދަތު: 6 މަސްދުވަސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- އަސާސީ ތަޢްލީމުގެ ފެންވަރު ހުރުން

މަޤާމުގެ މަސްއޫލިއްޔަތު:

- މަގުތަކާއި، ޕޭމަންޓާއި އަދި ފޫޓްޕާތުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުން.

- ކޮންކްރީޓް އަދި ޕްލަންބިން މަސައްކަތްތަކުގައި އެހީތެރިވެދިނުން.

- މިކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކުގައި ކުރަންޖެހޭ މެނުއަލް ލޭބާރގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

- މަސައްކަތުގައި ބޭނުންކުރުމަށް ގެންގުޅޭ މެޝިނަރީ އަދި ޓޫލްސް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.

- މަގުތަކުގައި ތާރުއެޅުމާއި ދާވާދުލުން ފަދަ މަސައްކަތްތަކުގައި އެހީތެރިވެދިނުން

- މަޤާމާއި ސެކްޝަނުގެ މަސައްކަތާ ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުން

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރުން

- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: ދުވަހުގެ ރޭޓުން – ވަޒީފާއަށް ނިކުންނަ ދުވަހަކަށް (ނެގޯޝިއެބަލް)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                           3ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                    ނުވަތަ                    ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                            ފޯނު: 3353535   

ފެކްސް : 3335892                                        ފެކްސް : 3358892

08 ޖަނަވަރީ 2015
ހޯދާ