ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު: ޑިރެކްޓަރ

ޑިޕާޓްމަންޓް: ބިޒްނަސް ޑިވަލޮޕްމަންޓް، ސޭލްސް އެންޑް މާރކެޓިންގ

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- މަޤާމާއި ގުޅޭ ދާއިރާއަކުން މާސްޓާރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މި ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

- މަޤާމާއި ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު، މި ދާއިރާގައި 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ބިޒްނަސް ޑިވަލޮޕްމަންޓް، ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާގެ ގޮތުން، ޑިޕާޓްމަންޓުގެ މަސައްކަތާއި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓައި، ފޯރުކޮށްދޭންޖެހޭ އިރުޝާދުތައް ދިނުން

- ކޯޕަރޭޝަނުގެ އަމާޒާއި ތަސައްވުރަށް ވާސިލްވުމުގެ ގޮތުން ބިޒްނަސް ޑިވެލޮޕްމަންޓް، ސޭލްސް އެންޑް މާރކެޓިންގއިން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން. 

- ކޯޕަރޭޝަނުން ހިންގުމަށް ނިންމާ ކޮމާޝިއަލް ޕްރޮޖެކްޓުތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން. 

- ކުންފުނިން ކުރިއަށް ގެންދިއުމަށް ރާވާ ކޮމާޝިއަލް ޕްރޮޖެކްޓުތަކަށް އިންވެސްޓަރުން ހޯދުމާއި، އެ ފަރާތްތަކާއި ކޯޕަރޭޝަންގެ ފަރާތުން މުޢާމަލާތުކޮށް ނެގޯޝިއޭޓްކުރުން.

- އިސްވެރިންގެ ލަފާގެމަތިން، ދުރު މުސްތަޤުބަލުގައި ކުންފުނީގެ ލަނޑުދަނޑިތައް ބިނާކުރުމާއިއެކު އެލަނޑުދަނޑިތަކަށް ޢަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- ކުންފުނީގެ ޕްރޮޑަކްޓްތަކަށް އަގު ކަނޑައެޅުމަށާއި ބަޖެޓުގެ ކަންކަންކުރުމަށްޓަކައި އެކަށީގެންވާ ފައިނޭންޝިއަލް ސްކިލްސް ހުރުން.

- ދިރާސާކުރުމާއި، މުރާޖާ ކުރުމުގެ ޤާބިލުކަން ހުރުމާއިއެކު، މާކެޓިން ޑޭޓާ އަނަލައިޒްކޮށް ރިޕޯޓުކުރުމުގެ ޤާބިލުކަން ހުރުން

- އެމް.އެސް. އޮފީސް ޕެކޭޖް އަދި ކޮރަލް ޑުރޯ ބޭނުންކުރަން އެނގުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.

- މިވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

އަސާސީ މުސާރަ: 13،500.00ރ އާއި 19،960.00 އާ ދެމެދު.

ޖުމުލަ ޕެކޭޖް (އެލަވަންސްތަކާއެކު):  23,440.00އާއި  27,115.00 އާ ދެމެދު

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                     3ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ                   ނުވަތަ               ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                      ފޯނު: 3353535   

ފެކްސް : 3335892                                  ފެކްސް : 3358892

08 ޖަނަވަރީ 2015
ހޯދާ