ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމު: ޕްރޮކިއުމަންޓް އޮފިސަރ

ޑިޕާޓްމަންޓް: ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް

ޝެކްޝަން: ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

- މަޤާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ފައިނޭންސް ނުވަތަ ޕާރޗޭސިންގ ދާއިރާގައި 1 އަހަރުދުވަހު އުޅެ އަމަލީ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަނަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުން. އެގޮތުން، ޑިޕާޓްމަންޓްތަކުން ގަތުމަށް އެދޭ ތަކެއްޗާބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ހޯދުމާއި، ސަޕްލަޔަރުންނާއި ނެގޯޝިއޭޓް ކުރުމާއި، ތަކެތީގެ އަގަށާއި ކޮލިޓީއަށްބަލައި ޑިޕާޓްމަންޓްތަކުން ފޮނުވާ ސްޕެސިފިކޭޝަނާ އެއްގޮތްވާގޮތުގެ މަތިން އެތަކެތި ގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.

- ޕާރޗޭސް އޯޑަރ / ވޯރކް އޯޑަރ ތައްޔާރުކުރުން.

- ކޯޕަރޭޝަނަށް ބޭނުންވާ މުދާ ފަދަ ތަކެތި ގަތުމަށް، އެކި ފަރާތްތަކުން ކޯޓޭޝަން ހޯދައި، ތަފާސްހިސާބުތައް ހެދުން

- ބިޑް އަދި އެއާ ގުޅުންހުރި ލިޔެކިއުންތައް ތައްޔާރުކުރުމާއި، އިޢުލާންކުރުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

- ޝެކްޝަނަށް ލިބޭ ސިޓީ ފަދަ ލިޔެކިއުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން.

- ޕްރޮކިއުމަންޓް ޝެކްޝަނުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

- އެކަށީގެންވާ ބަޖެޓް މެނޭޖްމަންޓް އަދި ކަލްކިއުލޭޝަންގެ ހުނަރު ހުރުން.

- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.

- މިވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މުސާރަ: 6200.00ރ (އެލަވަންސްތަކާއެކު މަދުވެގެން 11130.00ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މި ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                              3ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ

މާލެ، ދިވެހިރާއްޖެ               ނުވަތަ                            ހުޅުމާލެ، ދިވެހިރާއްޖެ               

ފޯނު:3336755                                               ފޯނު: 3353535   

ފެކްސް : 3335892                                           ފެކްސް : 3358892

08 ޖަނަވަރީ 2015
ހޯދާ