މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މާކުރަތު ޕްރީސްކޫލަށް ބޭނުންވާ ބައެއް ތަކެތި ހޯދުމާގުޅޭ

 ރ. މާކުރަތު ޕްރީސްކޫލަށް ތިރީގައި ދެންނެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

އިދާރީ މެޝިނަރީސް

ތަފްސީލް

އަދަދު

#

ފޮޓޯ ކޮޕީ މެޝިން (A3 ޕްރިންޓިންގ، ޑަބަލްސައިޑް ޕްރިންޓް)

1

1

ކޮމްޕިއުޓަރ ސިސްޓަމް (i3 ނުވަތަ i5 ޕްރޮސެސަރ، 500GB ހާރޑް ޑްރައިވް، 2GB ނުވަތަ 4GB ރެމް)

2

2

ޕްރިންޓަރ HP LaserJet Pro P1102 Printer

1

3

ފެކްސް މެޝިން (BROTHER MFC 7360)

1

4

ވީމާ، މިތަކެތި ސަޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ޖަނަވަރީ 2014 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހަކުކަން އަންގައިދިނުމަށް ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 6580015 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                             2 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ