ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މާލޭ ވޮލީބޯލް އެރީނާ ފަރުމާކޮށް ތަރައްޤީ ކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތެއް ހޯދުމާބެހޭ

މާލޭގެ 362 ނަންބަރު ކޮށީގައި (ރަށްދެބައިހިނގުމާއި ފަޅުމަތީހިނގުން ގުޅޭ ކަންމަތީގައިވާ 30975.78 އަކަފޫޓުގެ ބިމުގައި ވޮލީބޯޅަ އިންޑޯ ކޯޓު ފެސިލިޓީޒް، ޓްރެއިނިންގހޯލް، ކްލާސް ރޫމް، އޮފީސް އަދި މިފަދަ އިތުރު ފެޒިލިޓީސްއާއެކު ވޮލީބޯލް އެރީނާއެއް، މިއެސޯސިއޭޝަނުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ފަރުމާކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، އެކަން ކޮށްދޭނެ ފަރާތެއް، އެކަން ކުރުމުގެ ޝައުޤުވެރިކަން ބަޔާންކޮށް (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް - އީއޯއައި) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިދެންނެވި ޕްރޮޖެކްޓް ތަރައްޤީކޮށްދިނުމަށް ކަނޑައެޅޭ ފަރާތަކަށް، ކަނޑައެޅޭ އުސޫލެއްގެ ދަށުން މިބިމުގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމުގެ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށްޓަކައި މަޢުލޫމާތު ސާފުކުރެއްވުމަށް މިއެސޯސިއޭޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުން އޮންނާނީ 29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިދާރާ، ހ.ބޯޅަގެ (1 ވަނަ ފަންގިފިލާ) ގައެވެ.

17 ޑިސެންބަރު 2014
ހޯދާ