މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުސަތު

މި ކޯޓަށް، ތިރީގައިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

LS2

ބޭނުންވާ އަދަދު:

1

މަސައްކަތް ކުރަންޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓް

މުސާރަ:

މަހަކު -/9،412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/3000 ރުފިޔާ (ތިންހާސް ރުފިޔާ)

ޖުޑީޝަލް އެލަވަންސާއި އިތުރުގަޑީގެ ފައިސާ:

- ޖުޑީޝަލް އެލަވަންސަށް މުސާރައިގެ %25 

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު:

- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމްތަކާއި، އެގްރީމެންޓް ރަޖިސްޓަރީކުރުމަށް ހުށަހެޅޭ ފޯމްތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ޗެކުކުރުން.

- ކޯޓަށް ހުށަހެޅޭ މައްސަލަތައް، އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގުމާ ޙަވާލުވެހުންނެވި މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ޤަޟިއްޔާ ހުށަހަޅާ ސެކްޝަންތަކާ މައްސަލަ ހަވާލުކުރުން.

- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

-  ބަޔާން ނެގުމަށާއި މީހުން ހާޒިރުކޮށްދެއްވުމަށް އެކިއެކި ކޯޓުތަކުންއަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ބަޔާންތައް ނެގުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޑްރާފްޓްކޮށް ތައްޔާރުކުރުން.

- އެގްރީމެންޓް ރަޖިސްޓަރީކުރުމާބެހޭ އިދާރީ މަސައްކަތް ކުރުން.

- ނިމޭ މައްސަލަތަކުގެ ފައިލްތަކުގައި، މައްސަލައާ ގުޅިގެން ހުންނަށްޖެހޭ ހުރިހާ ލިޔުންތަކެއް ހަމައަށް ހުރިތޯ ބެލުމާއި، ރިޕޯޓު ތައްޔާރުކޮށް ފައިލަށް ލެވިފައިވޭތޯ ބެލުން.

- ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަށް ފެންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިސްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް، ކޯޓު ހިންގުމާ ޙަވާލުވެ ހުންނަވާ މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި،  ރިޕޯޓް ހޯދަން އެދޭ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން.

- ޝަރުޢީ މަސައްކަތްކުރާ  ސެކްޝަނަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.

- ޤާނޫނުތަކާއި ގަވާޢިދުތައް އެއްކޮށް ހޯދައި ފަސޭހައިން ފެންނާނޭހެން ބެހެއްޓުން.

- މިނޫނަސް، ޝަރީޢަތާބެހޭ ސެކްޝަނުގެ މަސައްކަތްތައް މެޖިސްޓްރޭޓް އަންގަވާގޮތެއްގެމަތިން ކުރުން.

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް:

MS1

ބޭނުންވާ އަދަދު:

1

މަސައްކަތް ކުރަންޖެހޭތަން:

މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓް

މުސާރަ:

-/5610 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/2000 (ދެހާސް ރުފިޔާ)

ޖުޑީޝަލް އެލަވަންސާއި އިތުރުގަޑީގެ ފައިސާ:

- ޖުޑީޝަލް އެލަވަންސަށް މުސާރައިގެ %25 

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު؛ މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ،
  • މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، GS4 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްޢޫލިއްޔަތު:

- ކޯޓުގައި ބޭނުންކުރާ ކޮމްޕިއުޓަރުތަކާއި، ނެޓްވޯކާއި، ރެކޯޑިންގ ސިސްޓަމްތަކާއި އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތަކާއި، ސަރވަރއަށް ދިމާވާ މައްސަކަތައް ބަލައި، އެތަކެތި ސަރވިސްކޮށް ބެލެހެއްޓުން.

- ކޯޓުގެ މަސައްކަތައް ބޭނުންކުރާ އެންމެހައި ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ކޮޕީރައިޓްސް ޤާނޫނާ އެއްގޮތަށް އެތަކެތި ކޯޓުގައި ޤާއިމްކުރުމަށް ކުރަންޖެހޭ  މަސައްކަތް ކުރުން.

- ކޯޓުގެ މުވައްޒަފުން އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހްލުވެރިކުރުމާއި، އެކަމުގެ ތަމްރީންތައް ދިނުން.

- ކޯޓުގައި ބޭނުންކުރާ ކޮމްޕިއުޓަރުތަކާއި ކޮމްޕިއުޓަރ ނެޓްވޯރކް މަރާމާތުކުރުމަށް ބޭނުންވާތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި، އެތަކެތީގެ ސްޓޮކް ބެލެހެއްޓުން.

- ކޯޓުގައި ބޭނުންކުރާ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ގައި ބޭނުންކުރާ ހަރުމުދަލުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކޯޓުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑޭޓާ ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ނިޒާމެއް ހަމަޖައްސައި، އެކަންތައްތައް ބެލެހެއްޓުން.

- އަތޮޅުގެ ރަށްރަށުގެ ކޯޓުތަކުގެ ކޮމްޕިއުޓަރާއި، ކޮމްޕިއުޓަރ ނެޓްވޯރކް ސަރވިސްކޮށް ބެލެހެއްޓުން.

- އަތޮޅުގެ ރަށްރަށުގެ ކޯޓުތަކުގައި ބޭނުންކުރާ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ގައި ބޭނުންކުރާ ހަރުމުދަލުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އަތޮޅުގެ ރަށްރަށުގެ ކޯޓުތަކުގައި ބޭނުންކުރާ އިލެކްޓްރޯނިކް ޑޭޓާ ރައްކާތެރިކަމާއެކު ގެންގުޅެވޭނެ ނިޒާމެއް ހަމަޖައްސައި، އެކަންތައްތައް ބެލެހެއްޓުން.

- އަތޮޅުގެ ރަށްރަނުގެ ކޯޓުތަކުގެ މަސައްކަތައް ބޭނުންކުރާ އެންމެހައި ސޮޕްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، ކޮޕީރައިޓްސް ޤާނޫނާ އެއްގޮތަށް އެތަކެތި ކޯޓުގައި ޤާއިމްކުރުމަށް ކުރަންޖެހޭ  މަސައްކަތް ކުރުން.

- އަތޮޅުގެ ރަށްރަށުގެ ކޯޓްތަކުން މަރާމާތުކުރުމަށް ގެނެވޭ  އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) މެޝިނަރީތައް މަރާމާތުކޮށް އެ ތަކެތި އެ ކޯޓުތަކަށް ފޮނުވުން.

- މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރާ ރަސްމީ އެންމެހައި މަސައްކަތެއް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (އެކްރިޑެޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ރޭންކާއި، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭގޮތަށް)

- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ

ސުންގަޑި:

2014 ނޮވެންބަރު 10 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން.

އިތުރު މަޢުލޫމާތު:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑެޓްކޮށްފައިވާ ސެޓުފިކެޓެއް ހުށަހަޅާނަމަ، ސެޓުފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

- މި މަޤާމުތަކަށް އެދި  ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށް ވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ.

- އިޢުލާނުގައިވާ ސުންގަޑި ހަމަވުމުގެ ކުރިން ފެކުހުން ނުވަތަ އީމެއިލުން ހުށަހަޅާ ފޯމާއި ލިޔުންތައް ބަލައިގަނެވޭނެއެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް: www.judiciary.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.

 9 މުޙައްރަމް 1436

 

 

02 ނޮވެންބަރު 2014
ހޯދާ