ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރުކުޅޭ ސަރަޙައްދުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމާގުޅޭ

މިރަށު ކުޅިވަރުކުޅޭ ސަރަޙައްދުގެ ވަށާފާރު ރޭނުމާއި ފެންސް ޖެހުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު 254/254/2014/23/(IUL) އިޢުލާން ބާޠިލުކޮށްފީމެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ބަދަލުގައި ވަޑައިގެންނެވި ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

29 ޛުލްޙިއްޖާ 1435

23 އޮކްޓޫބަރު 2014
ހޯދާ