މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިމިނިސްޓްރީގެ ދަށުން ހިނގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ 

ބޭނުންވާ އަދަދު

02  މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1           ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

ރިސްކް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަށް -/100 ރުފިޔާ

އިތުރު އިނާޔަތްތައް

ބަންދު ދުވަހުގެ އެލަވަންސް، ޝިފްޓް ޑިއުޓީ އެލަވަންސް

މަސައްކަތް ކުރަންޖެހޭ ގަޑި

ޝިފްޓް ޑިއުޓީ އުސޫލުން

އޮފީސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

މަސައްކަތް ކުރަންޖެހޭ ތަން

އެއަރޕޯޓް އަދި ސީޕޯޓް

ޑިވިޝަން / ސެކްޝަން

އިންޓަރނޭޝަނަލް ބޯޑަރ ހެލްތު (ޕޯޓް ހެލްތު)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ރާއްޖެއަށް ވައިގެމަގުންނާއި ކަނޑުމަގުން އެތެރެކުރާ ކާބޯތަކެތީގެ ޝިޕްމަންޓްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިގަވާއިދުތަކުގެ ދަށުން ހަދާފައިވާ ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިންސްޕެކްޓްކޮށް ގަވާއިދާ އެއްގޮތަށް ހުރިނަމަ ކްލިއަރެންސް ދިނުމާއި ވައިގެމަގުން ނުވަތަ ކަނޑުމަގުން އަންނަ އުޅަނދުފަހަރު ދަތުރުކުރާ ޕަސެންޖަރުންނާއި ފަޅުވެރިންގެ ޢާންމު ޞިއްޙަތާއި އަދި އުޅަނދުފަހަރުގެ ސާފުތާހިރުކަން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބެލުމާއި ދަށުގައި ތިބޭ މުވައްޒަފުން ސުޕަވައިޒްކުރުން.

ތަޢުލީމާއި ތަޖުރިބާ

 1. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކް ހެލްތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 2. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 3. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން 

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ 

ބޭނުންވާ އަދަދު

01  މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1           ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އޮފީސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ޑިވިޝަން / ސެކްޝަން

ޕަބްލިކް ހެލްތު ސަރވައިލަންސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ރާއްޖޭގެ ސަރވެއިލަންސް ސިސްޓަމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ޕްރޮގްރާމްތަކާއި، ރާއްޖޭގެ އެކި މުއައްސަސާތަކާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއާއި ޖަމާޢަތްތަކާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ހިންގުމާއި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ގޮތުން އެއްކުރަންޖެހޭ މަޢުލޫމާތު އެއްކޮށް، އެއްކުރެވޭ ހިސާބުތަކުގެ ޑޭޓާ ކޮލިޓީ ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

 1. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕަބްލިކްހެލްތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 2. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 3. ޕަބްލިކް ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން 

މަޤާމު

އެސިސްޓެންޓް ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ 

ބޭނުންވާ އަދަދު

04 މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2     ރޭންކް: MS1

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ %35

ރިސްކް އެލަވަންސް

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަށް -/100 ރުފިޔާ

އިތުރު އިނާޔަތްތައް

ބަންދު ދުވަހުގެ އެލަވަންސް، ޝިފްޓް ޑިއުޓީ އެލަވަންސް

މަސައްކަތް ކުރަންޖެހޭ ގަޑި

ޝިފްޓް ޑިއުޓީ އުސޫލުން

އޮފީސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ

މަސައްކަތް ކުރަންޖެހޭ ތަން

އެއަރޕޯޓް އަދި ސީޕޯޓް

ޑިވިޝަން / ސެކްޝަން

އިންޓަރނޭޝަނަލް ބޯޑަރ ހެލްތު (ޕޯޓް ހެލްތު)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ރާއްޖެއަށް ވައިގެމަގުންނާއި ކަނޑުމަގުން އެތެރެކުރާ ކާބޯތަކެތީގެ ޝިޕްމަންޓްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ގަވާއިދުތަކާއި މިގަވާއިދުތަކުގެ ދަށުން ހަދާފައިވާ ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިންސްޕެކްޓްކޮށް ގަވާއިދާ އެއްގޮތަށް ހުރިނަމަ ކްލިއަރެންސް ދިނުމާއި ވައިގެމަގުން ނުވަތަ ކަނޑުމަގުން އަންނަ އުޅަނދުފަހަރު ދަތުރުކުރާ ޕަސެންޖަރުންނާއި ފަޅުވެރިންގެ ޢާންމު ޞިއްޙަތާއި އަދި އުޅަނދުފަހަރުގެ ސާފުތާހިރުކަން، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރިތޯ ބެލުން.

ތަޢުލީމާއި ތަޖުރިބާ

 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
 2. މަތީސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެއިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

 1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

 1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

 1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގގައި)

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ.

23 އޮކްޓޫބަރު 2014
ހޯދާ