ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ގދ. ގައްދޫ ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކުރަން

ގދ. ގައްދޫ ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކުރަން ބޭނުންވެއްޖެ.

ގދ. ގައްދޫ ޞިއްޙީ މަރުކަޒުގައި ހުރި ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިހޮސްޕިޓަލުގެ އޮފީހަށް ނުވަތަ ގައްދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2014 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތެއް އަންދާސީހިސާބު ހުށަހެޅުއްވުމަށާއި، މަޢުލޫމާތު ހޯއްދެވުމަށް ފޮނުއްވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވެވުން އެދެމެވެ.

22 ޛުލްޙިއްޖާ 1435 

16 އޮކްޓޫބަރު 2014
ހޯދާ