ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ފަރުނީޗަރުތަކެއް ޖަހަން

މިކޯޓުން ދޭ ކުރެހުމާ އެއްގޮތަށް ފަރުނީޗަރުތަކެއް ޖަހަން ބޭނުންވެގެން ކުރި މި ކޯޓުގެ ނަންބަރު IUL)197-A2/1/2014/42)ފ(18 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 14:30 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

18 ޛުލްޙިއްޖާ 1435

12 އޮކްޓޫބަރު 2014
ހޯދާ