މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމު ރައްޔިތުންގެ ދޯނި 'ދުރުރާސްތާ 10' ކުއްޔަށް ދިނުން

ރ.އަނގޮޅިތީމު ރައްޔިތުންގެ '85 ގެ ކަންނެލި ދޯނި " ދުރުރާސްތާ 10" ކުއްޔަށް ދީގެން ދުއްވުމަށް ބޭނުންވެއްޖެއެވެ. ހަމައެކަނި މަސްވެރިކަން ކުރުމަށް މިދޯނި ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހު އެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 09 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހު އެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުންވެސް އޮންނާނީ ހަމަޖެހިފައިވާ ތާރީޚުގެ 13:30 ގައި ރ.އަނގޮޅިތީމު ކައުންސިލުގެ އިދާރާގައި ކައުންސިލް ރޫމުގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅެއްގެ ނަމުގައި އަންދާސީހިސާބު ހުށައެއް ނޭޅުއްވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ ކޮންފަރާތެއްގެ ބަދަލުގައިކަން އެނގޭނެ ލިޔުމެއް ( ސިޓީއެއް ) ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު، އައި.ޑީ.ކާޑުގެ އަސްލު ގެންނަވަންވާނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދުރުރާސްތާ 10 ކަންނެލި ދޯނި ކުއްޔަށް ހިފުމަށް އެދޭ އަންދާސީހިސާބު ފޯމު
  • ހުށަހަޅާ ފަރާތުގެ ވަނަވަރު ( ސީވީ )
  • އައ.ޑީ.ކާޑުގެ ކޮޕީ
  • އައ.ޑީ.ކާޑުގެ އަސްލު ( ހާޒިރުވާއިރު އައި.ޑީ.ކާޑުގެ އަސްލު ގެންނެވުން )

ބިޑް ޑޮކިއުމަންޓް ވިއްކުމަށް ހަމަޖެހިފައިވަނީ 01-10-2014 ވާ ބުދަ ދުވަހުން ފެށިގެން 02-10-2014 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ރަސްމީގަޑީގައި ރ.އަނގޮޅިތީމު ކައުންސިލުގެ އިދާރާއިންނެވެ. އަގަކީ -/500 ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ.

ކުއްޔަށް ދިނުމުގައި ބަލާނެ މިންގަނޑުތައް:

  1. ހަމައެކަނި މަސްވެރިކަން ކުރުން.
  2. ރ.އަނގޮޅިތީމުގެ ރަޖިސްޓަރީގައިވާ އަނގޮޅިތީމުގެ ރައްޔިތަކަށް  05 ޕޮއިންޓް
  3. އެޑްވާންސް ފައިސާ: އަސާސީ މިންގަނޑަކީ -/100000 ރ ( އެއްލައްކަ ރުފިޔާ ) އެވެ. އަސާސީ މިންގަނޑުން އިތުރުވާ ކޮންމެ -/5000 ރ ( ފަސްހާސް ރުފިޔާ ) އަށް ލިބޭނީ 01 ( އެކެއް ) ޕޮއިންޓް
  4. ކުލި: އަސާސީ މިންގަނޑަކީ -/25000 ރ ( ފަންސަވީސް ހާސް ރުފިޔާ ) އެވެ. އަސާސީ މިންގަނޑުން އިތުރުވާ ކޮންމެ -/1000 ރ ( އެއްހާސް ރުފިޔާ ) އަށް ލިބޭނީ 01 ( އެކެއް ) ޕޮއިންޓް

ނޯޓް: ފޯމު ބަލައިގަންނަ އެންމެ ދަށް މިންގަނޑަކީ އަސާސީ މިންގަނޑު ހަމަވުން ކަމުގައިވާތީ، އަސާސީ މިންގަނޑު ހަމަނުވާ ފޯމުތަކާއި، އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބާޠިލުވާނެ ކަމުގައި ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ރަނގަޅަށް ކިޔަން އެނގޭ ގޮތަށް ދިވެހިބަހުން ލިޔެވިފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައެއްގައި ބަންދުކުރުމަށްފަހު، ސިޓީއުރައިގެ ބޭރުގައި " ދުރުރާސްތާ 10 ދޯނި ކުއްޔަށް ހިފުމަށް އެދޭ " މިގޮތަށް ލިޔެވިފައި އޮންނަންވާނެއެވެ.    

21  ޛުލްޤަޢިދާ  1435     

16 ސެޕްޓެންބަރު 2014
ހޯދާ