ދިވެހިރާއްޖެ
މަޤާމު: |
ސީނިއަރ މީޑިއާ އޮފިސަރ (އެމް.އެސް 1) |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ސެކްޝަން: |
މީޑިއާ ސަރވިސް ޔުނިޓް |
ބޭސިކް މުސާރަ: |
މަހަކު 5610.00 (ފަސް ހާސް ހަސަތޭކަ ދިހަ ރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު 2000.00 (ދެ ހާސް ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.) |
ލިވިންގ އެލަވަންސް: |
މަހަކު 3000.00 (ތިން ހާސް ރުފިޔާ) |
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް (5 އަހަރުގެ މުއްދަތަށް) |
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް |
ފެންވަރު ނުވަތަ ޝަރުޠު: |
|
މަސްއޫލިއްޔަތު: |
- މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. - ނޫސް ބަޔާންތައް ޑްރާފްޓްކޮށް ނޫސް ކޮންފަރެންސްތައް އިންތިޒާމުކުރުން. - ކޮމިޝަނުން ބާއްވާ އެކިއެކި އިވެންޓްތަކުގެ ކަވަރެޖް ހަދައި ބެލެހެއްޓުން. - އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކާއި އެނޫންވެސް ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ބޭނުންވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ މީޑިއާތައް އަދި އެނޫންވެސް ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުން. - އިލެކްޝަންސް ކޮމިޝަނުގެ ސްޓޭކް ހޯލްޑަރުންނަށް އެންމެ ފުރިހަމަ ގޮތުގައި މަޢުލޫމާތު ދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ކުރެވެމުން އަންނަ މުހިންމު މަސައްކަތްތަކާއި ކޮމިޝަނުން ބޭރުގައިވެސް ކޮމިޝަނާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ދާނަމަ މި ކަންކަމާ ބެހޭ މަޢުލޫމާތުތައް ހޯދައި މެންބަރުންނާ ހިއްސާކޮށް މީޑިޔާއަށް ދިނުން. - މީޑިއާތަކުންނާއި އާންމު ފަރާތްތަކުން ކުރިމަތިކުރުވާ ސުވާލުތަކަށް ޖަވާބުދާރީވުން. - މީޑިއާތަކުން ކޮމިޝަނާ ގުޅޭ ގޮތުން ގެނެސްދޭ ޚަބަރުތައް ދިރާސާކޮށް ކަމާގުޅޭ މައުލޫމާތު މެންބަރުން އަދި ވެރިންނާއި ހިއްސާކުރުން. - ކޮމިޝަނުން މީޑިއާގައި ޢާންމުކުރަން ބޭނުންވާ އިއުލާންތައް އާންމުކުރުމާއި އެކަމާގުޅޭކަންކަން ބެލެހެއްޓުން. - ކޮމިޝަންގެ ވެބްސައިޓުގައި ހުންނަންޖެހޭ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި، ކޮމިޝަންގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން - ކޮމިޝަނުގެ ފޭސްބުކް އަދި ޓްވިޓަރ އެކައުންޓް އަޕްޑޭޓްކޮށް ބެލެހެއްޓުން - އިލެކްޝަންސް ކޮމިޝަނުގެ އިދާރާގެ މީޑިއާ ޔުނިޓްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. (އިދާރީ މަސައްކަތްތައް) - ޔުނިޓުގެ ބަޖެޓް ތައްޔާރު ކުރުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ. - ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. - އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. (މަސައްކަތުގެ ތަޖުރިބާކަމުގައި ބަލާނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ހާސިލުކުރުމަށްފަހު ލިބޭ ތަޖުރިބާއަށެވެ.) - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ނޯޓު: |
މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. |
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00ގެ ކުރިން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް، އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
އިތުރު މަޢުލޫމާތު |
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. މިކޮމިޝަނުގެ ނަންބަރު (A)AA-2014/353 (13 އޯގަސްޓް 2014) އިޢުލާނާ ގުޅިގެން ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ފޯމު ހުށަހަޅާފައިނުވާތީ، އަލުން މި މަޤާމަށް އިޢުލާނު ކުރަމެވެ. |
21 ޛުލްޤަޢިދާ 1435
`
ސީނިއަރ މީޑިއާ އޮފިސަރ ހޮވުމުގައި ބަލާ މިންގަނޑު
ތަފުސީލު |
މާކްސް |
ތަޢުލީމް |
50 މާކްސް |
މަސައްކަތު ތަޖުރިބާ |
15 މާކްސް |
ތަމްރީނާއި ހުނަރު |
5 މާކްސް |
އިންޓަރވިޔު |
20 މާކްސް |
ޚާއްޞަ ހުނަރު (ޢަމަލީ ޓެސްޓު) |
10 މާކްސް |
|
100 މާކްސް |
ޝޯޓްލިސްޓު ކުރެވޭގޮތް
- ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާ އަދި ތަމްރީނާއި ހުނަރުގެ މާރކްސްއަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
- މަސައްކަތުގެ ތަޖުރިބާ ބެލުމަށް މާކްސް ދެވޭނީ، ކަމާ ގުޅޭ ދާއިރާއިން ސެޓްފިކެޓް ހާސިލުކުރުމަށްފަހު ހޯދާފައިވާ ތަޖުރިބާއަށެވެ.
- ތަޢުލީމީ ސެޓްފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓްފިކެޓްތަކަށެވެ.
- މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ.