މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
01 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މިމިނިސްޓްރީގެ ބޭނުމަށް 01 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާން (ނަންބަރު IUL)438-PRCU/1/2014/47) އާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

އެޕާޓްމަންޓް ހުންނަންވީ ގޮތާއި ތަކެތީގެ ތަފުސީލު

އެއް ރޫމުގެ އެޕާޓްމަންޓް ( ފާޚާނާއާއެކު ) 12 ފޫޓާއި 14 ފޫޓަށްވުރެ ކުޑަ ނޫން ތަނަކަށްވުން.

ފަރުނީޗަރ: ފުލީ ފާރނިޝްޑް

އިމާރާތް ހުންނަ ގޮތުގެ ކުރެހުމެއް ނުވަތަ ފޮޓޯ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.

 • މިމިނިސްޓްރީގެ ފަރާތުން އިމާރާތް ބެލުމަށް ބޭނުންވާ ކޮންމެ ހިނދެއްގައި ބެލުމުގެ ފުރުޞަތު ދޭންވާނެއެވެ. އަދި އިމާރާތް ބެލުމަށް ގުޅަންޖެހޭނެ 2 ފަރާތެއްގެ ފޯން ނަންބަރު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
 • ފެނާއި ކަރަންޓް ހުންނަންވާނީ އިމާރާތުގެ އެހެން ފްލޯރތަކާ ވަކިކުރެވިފައެވެ.
 • ކުލި ދެއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހަކަށްވެސް ވަކިންނެވެ.
 • އިމާރާތް ކުއްޔަށް ހިފާފައިވާ މުއްދަތުގެ ތެރޭގައި ފެނާއި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ އެމައްސަލައެއް ހައްލުކޮށްދޭންވާނީ އިމާރާތް ކުއްޔަށް ދޫކުރާ ފަރާތުންނެވެ.
 • އެހެނިހެން މައްސަލަތައް ޙައްލު ކުރާނެގޮތް (މިނިސްޓްރީ އާއި އެޕާޓްމަންޓް ކުއްޔަށް ދޭ ފަރާތާ ވާހަކަ ދެއްކުމަށް ފަހުގައެވެ).
 • ފެނާއި ކަރަންޓް ބިލް ދައްކާނީ މިނިސްޓްރީއަށް ބިލް ހުށަހެޅުމުން މިނިސްޓްރީއިންނެވެ.

ހުށަހަޅަންޖެހޭ ތަކެތި

 • ކުއްޔަށް ދޫކުރެވޭނެ އަގު:
 • ކުއްޔަށް ދޭން ގަސްތުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ވެންޓިލޭޝަން އެނގޭނެގޮތަށް)
 • ކުއްޔަށް ދޭން ގަސްތުކުރަނީ އިމާރާތުގެ ވެރިފަރާތުން ކަމުގައިވާނަމަ ގޭގެ ވެރިފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ
 • ކުއްޔަށް ދޭން ގަސްތުކުރަނީ އިމާރާތުގެ ވެރިފަރާތުން ނޫން ފަރާތަކުން ކަމުގައިވާނަމަ ކުއްޔަށް ދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީއާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
 • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:

 • އަގަށް60 ޕޮއިންޓު   

( ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 60 )

 • އިމާރާތް ހުންނަ ގޮތް ( ކުޑަބޮޑުމިނާއި އަދި ތަނުގެ ސާފުތާހިރުކަމާއި ރީތިކަމާއި އަގާއި އެކަށީގެންވޭތޯ ) : 20

( ހުށަހަޅާ ތަން ބެލުމަށްފަހު )

 • ކުއްޔަށް ދޭ އިމާރާތުގައި ހުންނަ ތަކެއްޗަށް : 20

( އަސާސީ ބޭނުންތަކަށް ބޭނުންކުރާ މުދާ )

ކުއްޔަށް ހިފާނެ އެޕާޓްމަންޓެއް ހަމަޖެއްސުމުގައި ހުށަހެޅޭ އަންދާސީހިސާބުތަކުގައިވާ އިމާރާތްތަކުގެ ތެރެއިން އަގަށާއި ތަން ހުންނަ ގޮތާއި އަސާސީ ބޭނުންތަކަށް ބޭނުން ކުރާ މުދަލަށް ބެލުމަށްފަހު އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށް ބެލެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ އެޑްރެހަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މިމިނިސްޓްރީގެ ބޭނުމަށް 01 ކޮޓަރީގެ އެޕާޓްމަންޓެއް ފަރުނީޗަރާއެކު 01 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް  IUL)438-PRCU/438/2014/126)

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 22 ސެޕްޓެންބަރު 2014 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 22 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

ނޯޓް:

 • މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
 • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018300 / 3018337  ނަންބަރު ފޯނަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ.

އީމެއިލް:  [email protected]

15 ސެޕްޓެންބަރު 2014
ހޯދާ