ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ ހެޑްއޮފީހުގެ ގްރައުންޑް ފްލޯ ރިނޮވޭޓް ކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކގެ ހެޑްއޮފީހުގެ ގްރައުންޑް ފްލޯ ރިނޮވޭޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުނިން ދޭ މަޢުލޫމާތާއި ކުރެހުން، ބީއޯކިއު އަދި މަޢުލޫމާތާ އެއްގޮތަށް، އެސްޓީއޯ ޕލކގެ ހެޑްއޮފީހުގެ ގްރައުންޑް ފްލޯ ރިނޮވޭޓް ކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:           މި ކުންފުނީގެ ހެޑްއޮފީހުގެ ގްރައުންޑް ފްލޯ ރިނޮވޭޓް ކުރުން

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:      ރަޖިސްޓަރީ ކުރަން ބޭނުންފުޅުވާ ބޭފުޅުން 2014 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 14:30 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:   ރަޖިސްޓަރީ ކުރަައްވާފައިވާ އެންމެހައި ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2014 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:       ރަޖިސްޓަރީ ކުރައްވައިފައިވާ އެންމެހައި ފަރާތްތަކަށް 2014 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ބީލަންކަރުދާހާ ގުޅިގެން ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ އެންމެހައި ސުވާލުތައް ލިޔުމުން ފޮނުއްވާނީ 2014 ސެޕްޓެންބަރު 24 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް އިންނެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2014 އޮކްޓޫބަރު 01 ވަނަ ދުވަހުގެ 10:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން:   3344318 ، 3344196

ފެކްސް:  3344633

އީމެއިލް: [email protected]

16 ޛުލްޤަޢިދާ 1435

11 ސެޕްޓެންބަރު 2014
ހޯދާ