މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގަން އެގްރިކަލްޗަރ ސެންޓަރ ތަރައްގީކޮށް މެނޭޖްކުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދޫކުރުން

      ލ. ގަމުގެ ކުރުހިންނަ ސަރަޙައްދުގައިވާ މިމިނިސްޓްރީއަށް ރަޖިސްޓަރީކޮށްފައިވާ 16.9 ހެކްޓަރުގެ ބިމުގެ ސަރަޙައްދު (ލ. ގަން އެގްރިކަލްޗަރ ސެންޓަރ) ދަނޑުވެރިކަމާ ގުޅުންހުރި ތަފާތު މަސައްކަތްތައް ކުރުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

      މި ބިން ދިގު މުއްދަތަކަށް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ އެސަރަޙައްދުގައި ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާދާއިރާއެއްގައި ކޮށް، ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، ދަނޑުވެރިކަމުގެ ރިސަރޗްތަކާއި ޓްރެއިނިންގތައް އެބިމާ ހަވާލުވާ ފަރާތަކުން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މި ބިން ދޫކުރެވޭނީ 20 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށެވެ. 

      ވީމާ، މި ބިން ދަނޑުވެރިކަމުގެ ރޮނގުން ތަން ތަރައްޤީކޮށް މެނޭޖްކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލަމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ރިސެޕްޝަނުން (ގަން އެގްރިކަލްޗަރ ސެންޓަރު ހިންގުމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްގައި ހިމަނަންޖެހޭ މަޢުލޫމާތު) ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތުކަރުދާސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގައި ނަންނޯޓް ކުރުމަށްފަހުއެވެ. ނަންނޯޓް ކުރުމަށްޓަކައި އަމިއްލަ ފަރުދެއްނަމަ އެފަރާތުގެ ސިޓީ، ކުންފުންޏެއްނަމަ ކުންފުނީގެ ލެޓަރހެޑްގައި އެކުންފުންޏެއްގެ ސިޓީ ހުށަހެޅުއްވުމުން ނަންނޯޓް ކުރުމަށްފަހު މަޢުލޫމާތު ކަރުދާހާއި ބިޑްގައި ހިމަނަންޖެހޭ މަޢުލޫމާތު މިމިނިސްޓްރީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މިމިނިސްޓްރީގައި ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ. ބިޑް އެޕްލިކޭޝަން ބަލައިގަތުން އޮންނާނީ 21 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 11:30 ގައި ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ޖަލްސާކުރާ މާލަމުގައެވެ. މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުން 11 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ކޮންފަރެންސް ހޯލުގައި އޮންނާނެއެވެ.

      މިކަމާބެހޭ މަޢުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓުން http://www.fishagri.gov.mv ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.   

02 ސެޕްޓެންބަރު 2014
ހޯދާ