ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

ފައިނޭންސް އޮފިސަރ

އެމް.އެސް 1

މަޤާމު:

ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން:

ތުރާކުނު ކައުންސިލްގެ އިދާރާ

ކޯޕަރޭޓް އެފެއާޒް

އޮފީސް / އިދާރާ:

ސެކްޝަން:

ތުރާކުނު ކައުންސިލްގެ އިދާރާ

5610.00 ރުފިޔާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލެވަންސް:

01 (އެކެއް)

ބޭނުންވާ އަދަދު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ފީ ނެގުން.
  2. ކުއްޔަށް ދޫކުރެވޭ ބިންބިމާއި ތަކެތީގެ ކުލި ގަވާއިދުން ނަގަމުން ގެންދިއުން.
  3. ދުވަހުން ދުވަހަށް އޮފީހަށް ލިބޭ ފައިސާ ބަލައިގަތުމާއި، ލިބޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުން.
  4. މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ގަވާއިދުން ދެމުން ގެންދިއުމާއި، ކަމާގުޅޭ އެންމެހާ ލިޔެކިއުންތައް ބެލެހެއްޓުން.
  5. މަގުގޯޅިތަކަށް އަރާ ރުއްގަހުގެ ބަދަލު ފައިސާ ހޯދުމާއި، ބަދަލު ފައިސާ ޙަވާލުކުރުމާއި އެކަމާގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން.
  6. ރައްޔިތުންނަށް ލިބޭ ފައިސާ އާއި ޚަރަދުވާ ފައިސާގެ ތަފްޞީލު ހިސާބު ގަވާއިދުން ބެލެހެއްޓުން.
  7. އެކިއެކި ފަންޑުތަކާ ބެހޭ ހިސާބުތައް ގަވާއިދުން ބަލަހައްޓައި ރިޕޯޓުތައް ތައްޔާރު ކުރުން.
  8. އޮފީހުގެ ސެކްޝަންތަކަށް ބޭނުންވާތަކެތި ހޯދުން.
  9. ފައިސާއާ ގުޅޭ ރިޕޯޓުތަކާއި އެހެނިހެން ލިޔެކިއުންތައް ނިންމަންޖެހޭ މުއްދަތަށް ގަވާއިދުން ނިންމަމުން ދިއުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރިކޯޑު ބެލެހެއްޓުން.
  10. އޮފީހުން އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފަރާތްތަކަށް ހަވާލުކުރުން.
  11. މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ސެކްޝަނުން ހަމަޖައްސާ އުޞޫލެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރެއިން، ކައުންސިލް އިދާރާއިން ކުރުމަށް ޙަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން. އަދި މީގެ އިތުރުން މުވައްޒަފުންގެ ލާބައާއި މަންފާއަށް ކުރެވޭ އެންމެހާ ކަންކަމުގައި ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 20 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.  އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 ސެޕްޓެންބަރު 04 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި އިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ އާއި، މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ތުރާކުނު ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓު ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500035 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500035 އެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

22 ޝައްވާލު 1435

18 އޮގަސްޓް 2014
ހޯދާ