މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން 2021-2025 (ސެޕް) އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                           

  (IUL)10-F/10/2021/186 : ނަންބަރު                                           

 

އިޢުލާން

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސެޓްރެޓިޖިކް އެކްޝަން ޕްލޭން 2021-2025 (ސެޕް) އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމަށް ބޭނުންވާތީ، މިކަންކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 28 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 4 ނޮބެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.  

‏20 ރަބިޢުލްއައްވަލް 1443

‏26 އޮކްޓޯބަރު    2021

26 އޮކްޓޫބަރު 2021
ހޯދާ