މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެރިން ޑީސަލް އިންޖީނުތަކެއް ވިއްކާލުން

 ބޮޑުކަންނެލީގެ މަސްވެރިކަމަށް މިކުންފުނިން ބޭނުންކުރި ދޯނިފަހަރުގައި ހުރި އިންޖީނުތަކުގެ ތެރެއިން 7 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިންޖީނާބެހޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ނީލަން ނަންބަރު

އިންޖީނުގެ މޮޑެލް ނަންބަރު

އިޖީނުގެ ސީރިއަލް ނަންބަރު

ހޯސްޕަވަރ

އިތުރު މައުލޫމާތު

ނީލަން ފެށޭ އަގު

މަދުވެގެން އިތުރުކުރެވޭ އަގު

AUC-EG-01

YANMAR 6CHUTE

4810

255

ސްޓާރޓިންގ މޯޓަރ ނެތް

350,000.00ރ.

10,000.00ރ.

AUC-EG-02

YANMAR 6CHUTE

4766

255

އޯލްޓަރނޭޓަރ/ ސްޓާރޓިންގ މޯޓަރ ނެތް

350,000.00ރ.

10,000.00ރ.

AUC-EG-03

YANMAR 6CHUTE

4641

255

އޯލްޓަރނޭޓަރ/ ސްޓާރޓިންގ މޯޓަރ ނެތް

350,000.00ރ.

10,000.00ރ.

AUC-EG-04

YANMAR 6CHUTE

4771

255

އޯލްޓަރނޭޓަރ/ ސްޓާރޓިންގ މޯޓަރ / ފިއުލް ޕަމްޕް ވަސަރ ނެތް

350,000.00ރ.

10,000.00ރ.

AUC-EG-05

YANMAR 6CHUTE

4608

255

އޯލްޓަރނޭޓަރ/ ސްޓާރޓިންގ މޯޓަރ ނެތް

350,000.00ރ.

10,000.00ރ.

AUC-EG-06

YANMAR 6CHUTE

4587

255

އޯލްޓަރނޭޓަރ/ ސްޓާރޓިންގ މޯޓަރ ނެތް

350,000.00ރ.

10,000.00ރ.

AUC-EG-07

 

 

YANMAR 6CHUTE

4792

255

އޯލްޓަރނޭޓަރ/ ސްޓާރޓިންގ މޯޓަރ / ފިއުލްޕަމްޕްވަސަރ ނެތް އަދި ސީވޯޓަރ ޕަމްޕް ހަލާކުވެފަ

350,000.00ރ.

10,000.00ރ. 

ނީލަމުގައި ބައިވެރިވާފަރާތުން -/15000 (ފަނަރަހާސް ރުފިޔާ)ގެ ޑިޕޮޒިޓެއް މިފްކޯގައި ބަހައްޓަންވާނެއެވެ. ނީލަންނިމި، ފައިސާ ދައްކަންދެވޭ މުއްދަތުގައި ފައިސާ ދައްކައިފިނަމަ، އަގުގެތެރެއިން ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނިކޮށްދެވޭނެއެވެ. އަދި ފައިސާދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަބުރައެއް ނުލިބޭނެއެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަބުރާ ލިބޭނެއެވެ.

ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 48ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކައި އިންޖީނާ ހަވާލުވާން ވާނެއެވެ. ނީލަމުގައި ބައިވެރި ވުމަށް ހުށަހަޅުއްވާ ސިޓީގައި، ނީލަން ނަންބަރު، އެފަރާތެއްގެ ފުރިހަމަ ނަން، އެޑްރެސް، އައި.ޑީ. ކާޑުގެ ނަންބަރު، ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެއެވެ. އަގުހުށަހަޅުއްވާނީ، މިކަމަށްޓަކައި މިފްކޯގައިބަހައްޓާފައިވާ ފޮށްޓަށެވެ. ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެދުނު 10:00ގައި މިފްކޯގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އެކަށީގެންވާ އަގަކަށް އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ނުހިމަނާ) އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.    

            20 ޝަޢުބާން 1435

18 ޖޫން 2014
ހޯދާ