އިޢުލާނު
|
މަޤާމު:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-320932
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ
|
ޑިޕާޓްމަންޓް:
|
ފެމެލީ ސަޕޯޓް އެންޑް ސޯޝަލް ސަރވިސް ޑިޕާޓްމަންޓް
|
މުސާރަ:
|
7035/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- 1969.8ރުފިޔާ (ޓެކްނިކަލް ކޯ އެލަވެންސް)
- ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/900 ރުފިޔާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ގެވެށި އަނިޔާ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ޙައްޤަކަށް އުނިކަމެއް ލިބިގެން އިދާރާއަށް ފޯނުންނާއި، ސިޓީންނާއި، އިދާރާއަށް ހާޟިރުވެ ނުވަތަ މިނޫންވެސް އެހެން ގޮތަކުން ހުށަހަޅާ މައްސަލަތަށް ބަލައިގަނެ މައްސަލަތަކަށް އިސްކަންދޭންޖެހޭ މިންވަރާއި އިޖާބަދޭންޖެހޭ ގޮތް ވަޒަންކޮށް އެމައްސަލަތަކަށް އެކަށީގެންވާ ފުރިހަމަ އަދި އަވަސް ހައްލެއް ހޯދާދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުމާއި ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރޭތޯ ކަށަވަރުކުރުން.
- ޑިއުޓީ ޓީމަށް ހުށަހެޅޭ މައްސަލަތަކުގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން އެމައްސަލައާއި ގުޅުން ހުރި ލިޔެކިޔުންތައް ވަކިން ބެލެހެއްޓުމާއި އަދި އެލޮކޭޓްކޮށްގެން މަސައްކަތް ކުރަންޖެހޭ މައްސަލަތަށް ދެނެގަނެ އެލޮކޭޓްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް އިސްކޮށް ބެލެހެއްޓުން.
- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އެހެން އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބަލައި ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް އެ މަސައްކަތްތައް ކުރިޔަށް ގެންދިއުމާއި އަދި ގުޅިގެން މަސައްކަތް ކުރަންޖެހޭ އިދާރާތަކާއި އޮންނަންޖެހޭ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުން.
- 1421 ހެލްޕްލައިން އަށް އަންނަ ހުށަހަޅާ އަވަސް މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދެވުންތޯ ކަށަވަރު ކުރުން.
- 1421 ހެލްޕްލައިން އަށް އަންނަ ކޯލްތަކަށް ޖަވާބު ދިނުމާއި، ހެލްޕްލައިންނަށް ގުޅާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި މަޢުލޫމަތު ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދޭތޯ ކަށަވަރުކުރުން.
- ހެލްޕްލައިންނަށް އަންނަ ފޯނުކޯލްތަކުގެ ރިކޯޑް ޤަވާއިދުން އަދާހަމަކޮށް ބެލެހެއްޓުމާއެކު އެކު ހުށަހެޅޭ މައްސަލަތަށް ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތަށް ކަމާ ގުޅިން ހުރި އިދާރާތަކަށް ރިޕޯޓްކުރުމާއި ރިފަރ ކުރުން.
- ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދު ދުވަސްތަކުގައި އޮންކޯލް ޑިއުޓީ ރޭވުމާއި، ހެލްޕްލައިން 1421 އަދި އޮންކޯލް ފޯންތަކަށް ލިބޭ ކޯލްތަކާއި ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކަށާއި އަދި އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ރިފަރ ކުރަންޖެހޭ މައްސަލަ ރިފަރކުރެވެމުންދޭތޯ ކަށަވަރުކުރުން.
- އިޖުތިމާޢި ރައްކާތެރިކަމާ ގުޅުންހުރި އެންމެހާ ކަންކަމާއި، އެޖުތިމާޢީ ޚިދުމަތްތެރިންނާއި ގުޅޭގޮތުން ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތް ހަރުދަނާކުރުމަށް ކުރެވިދާނެގޮތްތައް ހޯދައި އެކަންކަން ޕޮލިސީ ލެވެލްއަށް ހުށަހެޅުން.
- ދައުލަތުގެ ބެލުމުގެ ދަށުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކުރުން.
- ކަނޑައެޅާފައިވާ އުޞޫލުގެ ތެރެއިން އަތޮޅުތެރޭގެ ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކަށް ހުށަހެޅޭ 18 އަހަރުންމަތީގެ މީހުންގެ އެންމެހާ މައްސަލަތަކާއި ގުޅިގެން އެ މައްސަލަތަކަށް އިޖާބަދިނުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އިރުޝާދު ދިނުމާއި ، ސުޕަވައިޒަރެއްގެ ޙައްސިއްޔަތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
- ޑިވިޜަންގެ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމާއި މުވައްޒަފުންގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ހިންގުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމަށް ކަނޑައަޅާފައިވާ ޝަރުތު:
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ކައުންސެލިންގ ، ސައިކޮލޮޖީ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ
|
މަޤާމަށް ކޯ ޑިސިޕްލިން ގޮތުގައި ކަނޑައަޅާފައިވާ ދާއިރާ;
ކައުންސެލިންގ، ސައިކޮލޮޖީ، ސޯޝަލް ވޯކް، ސޯޝިއޮލޮޖީ
|
މަޤާމުގެ މަސައްކަތުގެ ދާއިރާ؛
ސޯޝަލް ސާވިސަސް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) (މި އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ވެބްސައިޓުން( www.gender.gov.mv) ލިބެންހުންނާނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 މޭ 2021 ގެ 13:00 ގެ ކުރިން،
([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، (23 މޭ 2021 އާއި (23 ޖޫން 2021) އާ ދެމެދު، (މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 ނުވަތަ 3027525 އަށެވެ. އީ-މެއިލް ކުރާނީ
([email protected]) އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|