ދިވެހިރާއްޖެ
ކުޑަހުވަދޫން ދިރިއުޅުމަށްޓަކައި 243 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ. ވީމާ ގޯތިހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށްއެދޭ ފޯމް ލިބޭނީ 2021 މާރޗް 24 ވަނަ ދުވަހުން ފެށިގެން 2021 އޭޕްރީލް 08 ވަނަދުވަހުގެ ނިޔަލަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގެ ގްރައުންޑް ފުލޯ ހޯލްއިންނެވެ. ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ. އަދި ފޯމް މެއިލް ކުރަށްވާނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ފޯމް ބަލައިގަނެވޭނެ އެންމެ ފަހުތާރީޚަކީ 08 އޭޕްރީލް 2021 ވަނަ ދުވަހުގެ 22:00 ގެނިލަށެވެ. އަދި މިމުއްދަތުގެފަހުން ފޮނުވާ އަދި ހުށަހަޅާ އެއްވެސް ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.
ފޯމްދޫކުރުމާއި ބަލައިގަތުން:
ރަސްމީ ދުވަސްތައް:
ދުވަސްތައް |
ދުވާލު |
ރޭގަނޑު |
އާދިއްތަ އިން ބުރާސްފަތި |
09:00 ން 14:00 |
20:00 ން 22:00 |
ބަންދު ދުވަސްތައް:
ދުވަސްތައް |
ދުވާލު |
ރޭގަނޑު |
ހުކުރު - ހޮނިހިރު |
14:00 ން 17:00 |
20:00 ން 22:00 |
- ގޯތިދޫކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިން،
- ފޯމްފުރާނޭގޮތުގެ އިރުޝާދު،
- ގޯތިދޫކުރާ ސަރަހައްދު އެނގޭނެ ޗާޓް،
- ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާގޮތް އަދި
- ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ހޯދެވުމަށް 6760522 އަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.