މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
6 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް- މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ.ސީ.ޕީ)

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

ޕްރޮޖެކްޓް ރެފަރެންސް ނަންބަރު: MV-MEE-159361-GO-RFB

 

1. ދިވެހި ސަރުކާރަށް ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.އީ.ސީ.ޕީ) ދަށުން ޒޯން 4 އަދި 5 ގައި ހިމެނޭ ތިރީގައި މި ދަންނަވާ 6 ރަށުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ އެދިލެއްވުމުގެ މަތިން، ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތްތައް ވަނީ ތިރީގައިވާ ގޮތަށް 3 ލޮޓަކަށް ބަހާލެވިފައެވެ. ބީލަން ހުށަހަޅާ ފަރާތަކުން، އެއް ލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށްވެސް ބީލަން ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

ބިޑް ސެކިޔުރިޓީ އަދަދު

މަޝްރޫޢުގެ ނަން

ލޮޓް ނަންބަރު

ރ30,000.00

މ. މުލައް އަދި ތ. ބުރުނީ ކުނިމެނޭޖް ކުރާ މަރުކަޒު

ލޮޓް 1

ރ30,000.00

ތ. މަޑިފުށި އަދި ތ. ތިމަރަފުށި ކުނިމެނޭޖް ކުރާ މަރުކަޒު

ލޮޓް 2

ރ30,000.00

ތ. ކިނބިދޫ އަދި ތ. އޮމަދޫ ކުނިމެނޭޖް ކުރާ މަރުކަޒު

ލޮޓް 3

 

3. މިމަސައްކަތަށް  ޝަރުތުހަމާވާ ފަރާތަށް މަސައްކަތް އެވޯރޑުކުރުމުގެ ކުރިން އެފަރާތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" (ގަވައިދު ނަންބަރު 2019/R-1019) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަން، ނުވަތަ އިސްވެދެންނެވުނު ޤަވައިދުގައި ބަޔާން ކުރާގޮތަށް ރަޖިސްޓްރީވެވޭނެ ފަރާތެއްކަން ކަށަވަރުކޮށްދޭންވާނެއެވެ.

4. މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - 1 ޖުލައި 2016 ގެއުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

5. މި ބީލަމުގައި ބައިވެރިވުމަށް  -/1,500 (ފަނަރަސަތޭކަ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 25 ފެބުރުވަރީ 2021އިން1 އޭޕްރީލް 2021 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

6. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 26 ފެބުރުވަރީ 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

7. މި މަސައްކަތުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީ ހުށަހަޅަން ވާނީ ބިޑްކުރާ ކޮންމެ ލޮޓަކަށް ވަކިންނެވެ.

8. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 މާރިޗު 2021ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

9. ބީލަން ހުޅުވުން އޮންނާނީ 4 އެޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން،ލޮޓު ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން: (960) 3349106, (960) 3349147, (960) 3349191ni

އީމެއިލް : [email protected]

ކޮޕީ  : [email protected]

25 ފެބުރުވަރީ 2021
ހޯދާ