ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ
މާލެ / ދިވެހިރާއްޖެ
"ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ދިރާސާކުރަމުންދާ "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުއްވި ފަރާތްތަކާގުޅޭ
"ހިޔާ" މަޝްރޫޢުގެ ކެޓަގަރީތައް މި ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅުއްވާފައިވާ ހުރިހާ ޝަކުވާއެއް މި ކޮމިޓީއިން ދިރާސާކޮށް، ޝަކުވާގެ ޖަވާބު ވާނީ، ލިޔުމުން، ޝަކުވާ ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް އީމެއިލް ކުރެވިފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެއްވާފައިވާ އީމެއިލް އެޑްރެސްއަށް ފޮނުވާ އީމެއިލް ޑެލިވަރނުވާކަން މި ކޮމިޓީއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މި ކޮމިޓީއިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅުއްވާފައިވާ އެއްވެސް ފަރާތަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައިނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް،މާދަމާ، 2021 ފެބްރުވަރީ 8 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖްކޮށްދެއްވުން އެދެމެވެ. މި ކޮމިޓީއިން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުތައް ތިރީގައި އެވަނީއެވެ.
"ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ނެރެފައިވާވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުތައް |
|
ކެޓަގަރީ |
ތާރީޚު |
H4, H5, H8 އަދި H10 |
24 އޮގަސްޓު - 14 ސެޕްޓެންބަރު 2020 އަށް |
H9 |
21 ސެޕްޓެންބަރު - 4 އޮކްޓޫބަރު 2020 އަށް |
H6 |
4 ނޮވެންބަރު - 16 ނޮވެންބަރު 2020 އަށް |
H7 |
1 ޑިސެންބަރު - 13 ޑިސެންބަރު 2020 އަށް |
ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ |
28 ޑިސެންބަރު – 2 ޖަނަވަރީ 2021 އަށް |
ވަގުތީ ލިސްޓް އިޢުލާންކޮށްފައިވާ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް އެކުލަވާލެވިފައިވާ މިންގަނޑާގުޅޭ |
30 ޑިސެންބަރު – 5 ޖަނަވަރީ 2021 އަށް |