ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަން މިކްސްޑް ޓީމް ޗެމްޕިއަންޝިޕް - 2020

ކަނޑައެޅިފައިވާ ތާރީޚު އަދި މުބާރާތް ކުޅެވޭތަން:

  • 20 ޑިސެންބަރު 2020 އާ 31 ޑިސެންބަރު 2020 އާ ދެމެދު. މުބާރާތް ފަށާ ތާރީޚު އެޗް.ޕީ.އޭ އިން ހުއްދަ ލިބުމުން އިޢުލާނުކުރެވޭނެ. އަދި މުބާރާތް ކުޅެވޭނީ މާލޭ ކުޅިވަރު އެކުވެނީގައި.

 

އެންޓްރީ ފީ އަދި ހިމެނޭ އިވެންޓުތައް:

އިވެންޓްތައް

ޓީމު އިވެންޓް ފީ

 މިކްސްޑް ޓީމް އިވެންޓް

-/1500 ރުފިޔާ

     

 

ކުޅެވޭ ޝަޓްލް ބްރޭންޑް:

އާރ.އެސް.އެލް އޭސް.

 

ޓީމު ލިސްޓު ފޯމު އަދި މުބާރާތުގެ ގަވާއިދު: 

  • މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި. ނުވަތަ ޑައުންލޯޑް ކުރެއްވުމަށް ވެބްސައިޓްwww.badmintonmaldives.org.mv/downloads  އަށް ޒިޔާރަތް ކުރައްވާ.

 

ޓީމު ލިސްޓު ހުށަހެޅުމުގެ ފަހު ތާރީޚު: 

  • 16 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް.
  •  ޓީމު ލިސްޓު ފޯމުގައި ބައިވެރިވާ ކުލަބު/ ޖަމިއްޔާތަކުގެ އިސްވެރިއެއްގެ ސޮއި އަދި ކުލަބު/ ޖަމިއްޔާގެ ތައްގަނޑު ޖަހާ ފުރިހަމަ ކުރަންވާނެއެވެ.
  •  ޓީމު ލިސްޓު ފޯމާއެކު ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ދޫކޮށްފައިވާ ކުލަބު/ ޖަމިއްޔާ ގެ ރަޖިސްޓަރީ ކޮޕީ ހުށަހަޅަންވާނެއެވެ.
  •  ޓީމު ލިސްޓު ފޯމާއެކު ދިވެއްސެއްނަމަ، ބައިވެރިންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ (ދެފުށް ފެންނަ ސާފުކޮށް ކިޔަން އެނގޭ) އަދި ޕާސްޕޯޓު ސައިޒު ފޮޓޯ ހުށައަޅަންވާނެއެވެ. ބިދޭސީއެއް ނަމަ، ޕާސްޕޯޓު ކޮޕީ (ސާފުކޮށް ކިޔަން އެނގޭ) އަދި ޕާސްޕޯޓު ސައިޒު ފޮޓޯ ހުށައަޅަންވާނެއެވެ.
  •  އަދި މީގެ އިތުރުން ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ޖޫރިމަނާއަކާ ނުލާ މުބާރާތުން ވިތްޑްރޯވަލްގެ އެންމެފަހު ތާރިޚު:

  •  ފަހުން އިޢުލާނުކުރެވޭނެ.

 

މުބާރާތުގެ ގުރުއަތުލުން (ޑްރޯ) އަދި މެނޭޖަރުންގެ ބައްދަލުވުން:

  • މުބާރާތުގެ ގުރުއަތުލުން (ގުރޫޕުތައް ތަރުތީބު ކުރެވިފައިވާގޮތް) އޮންނަ ތާރީޚު ފަހުން އިޢުލާނުކުރެވޭނެ.
  • މެނޭޖަރުންގެ ބައްދަލުވުން އޮންނަ ތާރީޚު ފަހުން އިޢުލާނުކުރެވޭނެ.
  •  މިބައްދަލުވުމުގައި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެނޭޖަރުން އަދި ކޯޗުން ހާޒިރުވާންވާނެއެވެ. އަދި ފޯކަލްޕޮއިންޓުގެ ގޮތުގައި ނަން ފޮނުއްވާފައިވާ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

 

ހޮވާ ވަނަތައް އަދި ފައިސާގެ އިނާމު

  • އިވެންޓުގެ 1 ވަނަ ޓީމަށް މިލްކުވާ ތަށި، ރަން މެޑެލް، ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން.
  • އިވެންޓުގެ ދެވަނަ ޓީމަށް ރިހި މެޑެލް، ފައިސާގެ އިނާމު އަދި ހަނދާނީލިޔުން.
  • އިވެންޓުގެ ތިންވަނަ ޓީމަށް ނުވަތަ ތިންވަނަ ދެ ޓީމަށް ލޮއި މެޑެލް އަދި ހަނދާނީ ލިޔުން.

 

#

ފައިސާގެ އިނާމު

ޗެމްޕިއަން ޓީމު

ރަނަރަޕް ޓީމު

ތިން ވަނަ ޓީމު

ތިން ވަނައަށް 2 ޓީމު ހޮވިއްޖެ ނަމަ

1

ޓީމު އިވެންޓް

-/20،000 ރ

-/10،000 ރ

-/7،500 ރ

ކޮންމެ ޓީމަކަށް -/5،500 ރ

މުބާރާތުގެ ރެފުރީ:ޢަލީ ޢަބްދުލް ކަރީމް

 

* ޓީމު ލިސްޓު ފޯމު ބަލައިގަތުން 13 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުން ފެށިގެން 16 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް. ފޯމު ބަލައިގަންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 14:00 ށް.

* ޓީމު ލިސްޓު ހުށަހަޅުއްވާއިރު ފޯމުގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތު ފުރިހަމަ ކުރައްވައި ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމު ހުށަހެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.

* މިގޮތުން ފޯމުގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތު ފުރިހަމަ ނުކޮށް، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ތަކެތި ހަމަނުވާނަމަ އެސޯސިއޭޝަނުން ފޯމު ބަލައިނުގަންނާނެ ވާހަކަ ވަރަށް ހިތާމައާއެކު ދަންނަވަމެވެ.

* މުބާރާތުގައި ޢަމަލުކުރާނެ އެހެނިހެން އުޞޫލުތަކާއި އަދި މިނޫންވެސް މުބާރާތާ ގުޅޭ ލިޔެކިޔުންތައް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާ މެންދުރުފަހު 15:00 އާދެމެދު މިއެސޯސިއޭޝަންގެ ފޯނު ނަންބަރު 3314057 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

13 ޑިސެންބަރު 2020
ހޯދާ