ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މަޤާމަށް މުވައްޒަފަކު ހޯދުމާއިގުޅޭ

މަޤާމް :ޗީފް އެގްޒެކެޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު

 ޗީފް އެގްޒެކެޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

 

މަޤާމުގެ ގިންތި

 ކޮންޓްރެކްޓް (3 އަހަރު)

މުސާރަ

 މަހަކު -/18,000ރުފިޔާ

ފޯނު އެލަވަންސް

 މަހަކު -1,000 ރުފިޔާ

ލިވިން އެލަވަންސް

 މަހަކު -/0012,5 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން

 ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

ތަޢުލީމާއި ތަޖުރިބާ

  1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި   މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ހިންގުމުގެ ދާއިރާ ނުވަތަ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ނުވަތަ ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު

1- ނެޝަނަލް ޑްރަގް އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރއަކީ ނޭޝަންލް ޑްރަގް އެޖެންސީގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމުގެ އެންމެ އިސްފަރާތެވެ.

2- ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ނެޝަނަލް ޑްރަގް އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓް ތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ލިޔުން)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް" ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައވިންގ ލައިސަންސް"
  4. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  5. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.)

މުއްދަތު ހަމަވާ ތާރީޚް އަދި ސިޓީ ހުށަހަޅާނެގޮތް

 2020 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ/ އަލިކިލެގެފާނު މަގު، ކ. މާލެ) އަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3039016 އެވެ.

19 އޮކްޓޫބަރު 2020
ހޯދާ