މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ނަން ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު  2020 ސެޕްޓެންބަރު 10 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވައިލައިފީމެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:  

 

(ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)

(ށ) އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން

(ނ) ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ

(ރ) ސިޔާސީ

(ބ) ޝަރުއީ އަދި ޤާނޫނީ

(ޅ) ވިޔަފާރިއާއި އިޤުތިޞާދު

(ކ) ކުޅިވަރު

(އ) ފޮޓޯ ޖާރނަލިޒަމް

(ވ) ވީޑިއޯ ޖާރނަލިޒަމް

(މ) ފީޗަރ / ރިޕޯޓް

(ފ) އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު

 

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުންމީދީ ނޫސްވެރިޔާއަށް ނަން ހުށަހަޅާ ފޯމުންނެވެ. މި ދެ ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މި އިޢުލާނާއެކު އާންމުކޮށްފައިވާނެއެވެ.

ވީމާ، މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2020 ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުން އެދެމެވެ. އަދި މި މުއްދަތު އެހެން އަހަރު ތަކެކޭ އެއްގޮތަށް އިތުރު ނުކުރެވޭނެ ވާހަކަ މި އިނާމަށް ނަން ހުށަހަޅަން ބޭނުންވާ ނޫސްވެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995/7967919 ނަންބަރު ފޯނުން ލިބޭނެއެވެ.

 

22  މުޙައްރަމް 1442

10 ސެޕްޓެންބަރު 2020
ހޯދާ