މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.މާފަރު ކައުންސިލްގެ ބެލުމުގެދަށުގައި ހުރި ތާރު ފީފާތައް ނީލަންކިޔުން

ނ.މާފަރު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 1026 ފީފާ ތާރު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. ވީމާ، ތާރު ފީފާތައް ގަންނަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 03 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ. އަގު ހުށަހަޅުއްވާނީ 1026 ފީފާ ތާރަށް އެއްކޮށް އަގު ބަޔާންކޮށް ސިޓީއަކުން މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލް އިދާރާއަށެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް މި ތާރު ފީފާތައް ވިއްކާލެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6560005 / 9869915 ނަމްބަރ ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

             

                            27 އޮގަސްޓް 2020

27 އޮގަސްޓް 2020
ހޯދާ