ދިވެހިރާއްޖެ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ
މާލެ/ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ H8, H5, H4 އަދި H10 ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު ނެރުއްވާ ވަގުތީ ލިސްޓްތަކާގުޅޭ
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް މަސައްކަތަކީ، "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުންކަމަށްވާތީ، މި މަސައްކަތުގެ ތެރެއިން، މިހާތަނަށް މި ކޮމިޓީއިން ދިރާސާކޮށް ނިމިފައިވާ ތިރީގައިވާ 4 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓްތައް އިޢުލާންކުރަމެވެ.
- H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ)
- H5 (ޓީޗަރުންނަށް ޚާއްސަ)
- H8 (މާލޭ ރަށްވެހިންނަށް ޚާއްސަ)
- H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ)
މަތީގައިވާ ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓު މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ. އަދި ކެޓަގަރީތަކަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެސްވާނެއެވެ.
"ހިޔާ" މަޝްރޫޢުގެ H8, H5, H4 އަދި H10 ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 24 އޮގަސްޓު 2020 އިން ފެށިގެން 14 ސެޕްޓެންބަރު 2020 ގެ 15:00 ނިޔަލަށް ހުޅުވާލަމަވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމަށް ދަންނަވަމެވެ. "ހިޔާ" މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3010718 އަށް ގުޅުއްވުން އެދެމެވެ.
"ހިޔާ" މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ.