މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" (ޤަވާއިދު ނަމްބަރު: 2014/R-380) ގެ ދަށުން މިއެޖެންސީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 01 މަސްކުރިން ހުއްދަ އައުކުރުމާއި ގުޅޭ

އިޢުލާން

           "ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު" (ޤަވާއިދު ނަމްބަރު: 2014/R-380) ގެ ދަށުން މިއެޖެންސީގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 01 މަސްކުރިން ހުއްދަ އައުކުރުމަށް އެދި މިއެޖެންސީއަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތު ( 19 މާރިޗް 2020 ން 05 ޖުލައި 2020 އަށް ) ގެ ތެރޭގައި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށް، ހުއްދަ އައުކުރުމަށް އެދި މިއެޖެންސީއަށް ފޯމް ހުށަހެޅޭނޭގޮތް ވަނީ ނުވެފައެވެ.

         ވީމާ މިދެންނެވުނު މުއްދަތުގެ ތެރޭގައި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން، ހުއްދަ އައުކުރުމަށް އެދި 15 އޮގަސްޓް 2020 ވަނަ ދުވަހުގެ ނިޔަލަށް މިއެޖެންސީގެ އީމެއިލް އެޑްރެސް [email protected] ނުވަތަ [email protected] އަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ހުއްދަ އައުކުރުމަށްއެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް www.health.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

          މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިއެޖެންސީގެ ނަމްބަރ: 3014405 އަށް ގުޅުއްވުން އެދެމެވެ.

          ވީމާ މިކަން ޢާއްމުކޮށް އަންގާ ޢިއުލާންކުރީމެވެ.

 

01 ޛުލްޙިއްޖާ 1441

22 ޖުލައި 2020
ހޯދާ