މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާއިބެހޭ ގޮތުން

އިޢުލާން

            ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 2020/R-52 (16 ޖުލައި 2020) ގައި ގެޒެޓް ކުރުމާއި ގުޅިގެން މިގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދަށް ޢަމަލު ކުރަން ފަށާއިރު ޝިޕިން އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށްވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި މިމުއްދަތު ހަމަވާ ތާރީޚަކީ 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުއެވެ. އެހެންކަމުން ގަވާއިދުގެ 9 ވަނަމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންކަން ޝިޕިން އެޖެންޓުން ނުވަތަ ފުރައިޓު ފޯވާޑަރުން ކުރަމުން ގެންދޭތޯ މި ގަވާއިދުގެ ދަށުން ބަލަން ފަށާނީ ރަޖިސްޓަރީ ކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން (17 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން) ކަމުގައި އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.  

            އަދި ދަންވަމެވެ. ޝިޕިން އޭޖެންޓުން ރަޖިސްޓަރީ ކުރުމަށްޓަކައި 22 ޖުލައި 2020 ވަނަ ދުވަހުން ފެށިގެން މި އޮތޯރިޓީގެ އޮންލައިން ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭގޮތަށް ހަމަޖެހިފައިވާކަންވެސް އާއްމުކޮށް އަންގާ އިއުލާންކުރީމެވެ.      

                  30 ޛުލްޤަޢިދާ 1441

                  21 ޖުލައި  2020   

21 ޖުލައި 2020
ހޯދާ