އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޭޝިއަރ

ވަޒީފާގެ ފުރުސަތު 

ނަންބަރު:IUMH-AD/I/2020/34  

މަޤާމު:

ކޭޝިއަރ

 އަދަދު: 1

މުސާރަ  އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: މަހަކު 5000.00 ރުފިޔާ
  • ސަރވިސް އެލަވަނަސް: މަހަކު 1000.00 ރުފިޔާ
  • ޑެއިލީ އެލަވަންސް: ދުވާލަކަށް 60.00 ރުފިޔާ
  • ފޯން އެލަވަންސް: މަހަކު 200.00 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • އައި.ޔޫ.އެމް ކެންޓީން

މަޤާމުގެ ޝަރްޠުތައް:

  1. މަތީ ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެއް ފެންވަރެއްގެ ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވުން.

ނުވަތަ،

  1. ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން އެއް ފެންވަރެއްގެ ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވުން އަދި މަސައްކަތުގެ ދާއިރާއިން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓު: ޕީއޯއެސް ފަދަ ސޮފްޓްވެއަރ އަށް އަހުލުވެރިވުމާއި ކޭޝިއަރކަމުގެ ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ލިބޭ ފައިސާގެ ޑެއިލީ ރިޕޯޓް ތައްޔާރުކޮށް އަދި ޗެކްކުރުން.
  • ޑިއުޓީ ބަދަލުކުރުމުގައި ނުނިމިހުރި މަސައްކަތްތައް ޑިއުޓީއަށް އަންނަ މުވައްޒަފަށް ކިޔައިދީ ހޭންޑްއޯވަރ ދިނުން.
  • ކްރެޑިޓްގެ ގޮތުގައި ދެވޭ ޚިދުމަތްތަކަށް ބިލް ހެދުން / ޗެކުކުރުން.
  • ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް ސޮފްޓްވެއާއަށް އެންޓަރ ކުރުން.
  • ފައިސާގެ މުޢާމަލާތްތަކާބެހޭ ރިޕޯރޓްތައް ގަވާއިދުން ހެދުން.
  • ފައިސާ އާއިބެހޭ އެންމެހާ ލިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓާ)
  2. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓޭ)
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  5. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާއި ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ  22 ޖުލައި 2020 ވަނަ ދުވަހުގެ 14:00 އެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

 

 

15 ޖުލައި 2020
ހޯދާ