މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި އިންދާ ހައްދާ ރުއްގަހާއިބެހޭ

އިޢްލާން

ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި އިންދާ ހައްދާ ރުއްގަހާއިބެހޭ

                  މިކައުންސިލްގެ ހުއްދަ ނުހޯދާ މިރަށުގެ އެކިއެކި ސަރަޙައްދުތަކުގައި އެކިއެކި ފަރާތްތަކުން ރުއްގަސް އިންދާ ހައްދަމުން ގެންދާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. ކައުންސިލްގެ ހުއްދަ ނުހޯދާ، ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި އިންދާ ހައްދަމުން ގެންދާ ރުއްގަހަކީ އެއްވެސް ފަރާތަކަށް އަމިއްލަ ކުރެވޭނެ އެއްޗެއް ނޫންކަމާއި އަދި އިސްވެ ދެންނެވުނު ގޮތަށް ކައުންސިލްގެ ހުއްދަ ހޯދުމަކާއިނުލާ އިންދާފައިވާ ރުއްގަސް ނަގަން ކައުންސިލުން ނިންމައިފި ޙާލަތެއްގައި ބަދަލު ދިނުމަކާއިނުލާ ނެގޭނެ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

12 ޖުލައި 2020
ހޯދާ