މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރުމާގުޅޭ
ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް 12 ޖުލައި 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފީމެވެ. މިގޮތުން ވަޒިފާ ދިން ފަރާތަށް ފިލައިގެން ނުވަތަ ގެއްލިގެން އުޅޭ ބިދޭސީން ރިޕޯޓުކުރަން ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި، އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ތިރީގައި ބަޔާން ކުރެވިފައިވާ ކަންތައްތައް ފުރިހަމަކޮށް ލިޔެކިއުންތަށް ހުށަހަޅަން ޖެހޭގޮތަށް ހަމަޖައްސައިފީމެވެ.
- ފުރިހަމަ ކޮށްފައިވާ IM05 ފޯމް(PDF)
“MISSING AND ABSCONDING EXPATRIATE REPORTING FORM”
- ހުށަހަޅާފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ (PDF)
- ބިދޭސީފަރާތް ގެއްލުނުކަން ރިޕޯޓް ކުރާ ދުވަހާއި ހަމައަށް ވީޒާ ފީ ދައްކާފައިވުން
- ވަޒީފާދިން ފަރާތުގެ އިގްރާރު (މޯލްޑިވްސް އިމިގްރޭޝަން ވެބްސައިޓް www.immigration.gov.mv ގައިވާ ނަކަލާ އެއްގޮތަށް )(PDF)
- ބިދޭސީފަރާތް ގެއްލުނު ދުވަސް ހިމެނޭ މަހުގެ ކުރީމަހުގެ ނިޔަލަށް އޭނާއަށް މުސާރަ ދީފައިވާކަން އަންގައިދޭ ލިޔުމެއް (ބިދޭސީފަރާތް ސޮއިކޮށްފައިވާ މުސާރަ ސްލިޕް)(PDF)
- ޕާސްޕޯޓު ހުށައަޅާނަމަ ފުރިހަމަކޮށްފައިވާ IM06 ފޯމް (PDF) "RETAINED PASSPORT RECEIPT"
ވީމާ، ޙިދުމަތް ހޯއްދަވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.
10 ޖުލައި 2020
ހޯދާ